މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ގަތަރުގެ ގައުމީ އެއާލައިން ގަތަރު އެއާވޭސްއިން އިރާގަށް ހުއްޓާލި ދަތުރުތައް އަލުން ފަށަން ތައްޔާރުވެއްޖެ އެވެ.
ގަތަރު އެއާވޭސްއާއި ހަވާލާދީ ބޭރުގެ ރިޕޯޓުތައް ބުނާގޮތުގައި އިރާގުގެ ތިން އެއާޕޯޓަކަށް މިމަހުގެ 10 ވަނަ ދުވަހު ފެށުމަށް މިހާރު ވަނީ ނިންމާފައި އެވެ.
އެގޮތުން ގަތަރު އެއާވޭސްގެ ދަތުރުތައް އަލުން ފަށަން ނިންމާފައިވަނީ އިރާގުގެ ބަގްދާދާއި ބަސްރާ އަދި އާބިލް އެއާޕޯޓަށެވެ. މިއީ ހަނގުރާމައިގެ އަސަރު އެންމެ ބޮޑަށް ކުރި އިރާގުގެ ތިން ސަރަހައްދުގެ މައި ވައިގެ ބަދަރުތަކެވެ.
ހަނގުރާމަ ފެށި އީރާނަށް އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން ގަތަރުންގެ ވައިގެ ސަރަހައްދު ބަންދުކޮަށް ގަތަރު އެއާވޭސްގެ ދަތުރުތައް މެދުކަނޑާލިއެވެ.
އެގޮތުން ގަތަރުގެ ވައިގެ ސަރަހައްދު ފުރަތަމަ ބަންދުކުރީ ފެބްރުއަރީ 28 ވަނަ ދުވަހު، "އެ ސަރަހައްދުގައި ހިނގާ އެންމެ ފަހުގެ ކަންތައްތަކަށް" ރައްދުދީގެން އަޅާފައިވާ "ރައްކާތެރި ފިޔަވަޅުތަކާއި" ގުޅިގެން ކަމަށްބުނެއެވެ.
އެއަށްފަހު މާޗް މަހުގެ ހަ ވަނަ ދުވަހު ވައިގެ ސަރަހައްދު ބައެއް ގޮތްގޮތުން ހުޅުވާލި އެވެ.
ހަނގުރާމަ ވަގުތީ ގޮތުން ހުއްޓިފައިވީ ނަމަވެސް އަދިވެސް މެދުއިރުމަތީގެ މަޝްރަހު އޮތީ ނުތަނަވަސްކަމެއްގައި އެވެ. އިރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އިރާނުން ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ ބޭސްތައް ހުރި ގައުމުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިއެވެ. ގަތަރަކީ އެގޮތަށް އެންމެ ބޮޑެތި ހަމަލާތަކެއް އަމާޒުވި އެއް ގައުމެވެ.
އަންނަ ހަފްތާގައި ގަތަރު އެއާވޭސްއިން އިރާގަށްވެސް ދަތުރުތައް އަލުން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ