6000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ސާނަވީ އިމްތިޙާން ފަށައިފި

6000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ ސާނަވީ އިމްތިހާނު މިއަދު ފަށައިފި އެވެ.
މި އިމްތިހާނުގައި ރާއްޖޭގެ 239 ސެންޓަރަކުންނާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގެ އިތުރުން މެލޭޝިއާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވާ ދަރިވަރުން ވެސް ބައިވެރިވެ އެވެ.
މި އިމްތިހާނުގައި މިއަދު ފަށަފައިވަނީ އެސްއެސްސީ އިމްތިހާނުތަކެވެ. އެގޮތުން މިއަދު އޮތީ އިސްލާމް މާއްދާގެ އިމްތިހާނެވެ.
މިއަހަރު އޯލެވެލް ހަދާ ދަރިވަރުންގެ ތެރެއިން އާޓް އެންޑް ޑިޒައިން ކިޔަވާ ދަރިވަރުންގެ އިމްތިހާނު މި މަހުގެ 11 އަދި 12 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. ކޭމްބްރިޖްގެ އޯލެވެލް އިމްތިޙާން މި އަހަރު ފަށާނީ މެއި މަހުގެ ދެވަނަ ދުވަހުއެވެ. އެ ދުވަހު އޮންނާނީ ބައިލޮޖީ (ކޯ) އެވެ.
މިއަހަރުގެ ސާނަވީ އިމްތިޙާން ނިމޭނީ ޖޫން 8ވަނަ ދުވަހުއެވެ.
މިއަހަރުގެ އެސްއެސްސީ އިމްތިޙާނުގައި 6،106 ދަރިވަރުން ބައިވެރިވާއިރު އޯލެވެލް އިމްތިޙާނުގައި، 6،698 ދަރިވަރުން ބައިވެރިވެއެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ