"މިތާން ތިއްބެވި ހުރިހާ ބޭފުޅުންގެ އުންމީދަކީ އޮނަރަބަލް ގާސިމް އިބްރާހިމް ރިޔާސީ ރޭހުގައި ވާދަކުރެއްވުން،"
ޖުމްހޫރީ ޕާޓީގެ މުޅި ލީޑާޝިޕް އެދެނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރެއްވުމަށް ކަމަށް އެމަނިކުފާނުގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެ ފުރުސަތު މާދަމާ މެންދުރު 12:00 އަށް ހަމަވާނެ އެވެ.މިރޭގެ މިވަގުތާއި ހަމައަށް އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެއެވެ. ބެލެވޭ ގޮތުން ޖޭޕީގެ ޓިކެޓަށް އެދި ހުށައަޅުއްވާނީ ގާސިމް އިބްރާހިމް އެކަންޏެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން އެމަނިކުފާނު ވާހަކައެއް ނުދައްކަވައެވެ.ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ނޫސްވެރީންގެ ބައްދަލްވުމެއްގައި ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މުޅި ލީޑާޝިޕް އެދެނީ ގާސިމް އިބްރާހިމް ރިޔާސީ ރޭހުގައި ވާދަކުރެއްވުމެވެ. ގާސިމަށް ފުރިހަމަ ތާއީދު ލީޑާޝިޕްގައި އެބަ އޮތް ކަމަށް ވިދާޅުވިއެވެ."މިތާން ތިއްބެވި ހުރިހާ ބޭފުޅުންގެ އުންމީދަކީ އޮނަރަބަލް ގާސިމް އިބްރާހިމް ރިޔާސީ ރޭހުގައި ވާދަކުރެއްވުން،"
ނޫސްވެރީންގެ ބައްދަލްވުމުގައި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދުވެސް ވަނީ މުޅި ޖޭޕީގެ އެދުމަކީ ގާސިމް ކުރިމަތިލެއްވުން ކަމަށް ވިދާޅުވެފައެވެ. އަޒްލީން ވިދާޅުވީ ސެޕްޓެންބަރު ނުވަވަނަ ދުވަހުގެ އިންތިހާބަށް ގާސިމް ޗޮއިސްއެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.ގައުމުގައި މިހާރު ހުރި މައްސަލަތަކަށް ބަލާއިރު އެކަންކަން ހައްލު ކުރެއްވޭނެ ކެތްތެރިކަމާއި ހިކުމަތްތެރިކަން އަދި ތަޖުރިބާ ހުރި ބޭފުޅަކީ ގާސިމް ކަމަށްވެސް ވިދާޅުވިއެވެ."އަޅުގަނޑުމެން މިހާރުވެސް ބޭނުންވޭ އެމަނިިކުފާނު [ގާސިމް އިބްރާހިމް] ކުުރިމަތިލައްވަން،"
ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ވަކީން ކެންޑިޑޭޓަކު ނެރެން ނިންމާ ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން ދެކޮޅު ހެދުމުން ޖުމްހޫރީ ޕާޓީގެ އިސް ދެ ބޭފުޅަކު މިހާރުވެސް ވަނީ އެ ޕާޓީ ދޫކޮށްލައްވާފައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު އާއި އިމިގްރޭޝަންގެ ވެރިއަކަށް ހުންނެވި އަހްމަދު މުހައްމަދު (ހަނަފީ) އެވެ.އިންތިހާބުގައި ގާސިމް ވާދަކުރަން ނިންމަވައިފިނަމަ ކެބިނެޓް ބައެއް ވަޒީރުންނާއި ޖުމްހޫރީ ޕާޓީގެ އިސް ވަރަށް ގިނަ ބަޔަކު އެ ޕާޓީން ވަކިވާނެ ކަމަށް ރައީސް ސޯލިހް ފެކްޝަންގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.އެ ވާހަކަތަކަށް ރައްދު ދެއްވާ އިލްހާމް އާއި އަަޒްލީން ވިދާޅުވީ ބަޔަކު އެ ޕާޓީން ވަކިވެދާނެތީ ފަރުވާލެއް ނެތް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއަކީ ކުރިމަގު އޮތް ޕާޓީއެއް ކަމުން އެ ޕާޓީ ދޫކޮށްލަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ސިޔާސީ ގޮތުން ބުރަދަން ހުރި އެތައް ބޭފުޅަކު ގާސިމްގެ ފަހަތްޕުޅަށް ވަޑައިގަންނަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ."ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކޮށްފިއްޔާ އެ ވަގުތު ޖެހޭއިރު އެ ހުރިހާ ބޭފުޅުން މި ސަފުތަކަށް އައިސް ރުކުރުވާލާނެ ކަމަށް،" އިލްހާމް ވިދާޅުވިއެވެ.
މި ފަހަރުގެ އިންތިހާބަށް ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރެން ނިންމާފައި މިވަނީ އެމްޑީޕީ ވަރަށް ބޮޑަށް ބައިބައިވެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ ތާއީދު ރައީސް ސޯލިހަށް ގެއްލިފައި ވަނިކޮށެވެ. ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ނަޝީދު ގެންދަވަނީ ތަކުރާރު ކޮށް ވިދާޅުވަމުންނެވެ.ނަޝީދު ވިދާޅުވި ނަމަވެސް ރައީސް ސޯލިހަށް ވޯޓް ނުދެއްވާނެ ކަމަށް އެމަނިކުފާނުގެ އެންމެ ވަފާތެރި ސަޕޯޓަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ގާސިމްގެ ތާއީދު ލިބިވަޑަައިނުގަންނަވާއިރު ރައީސް ނަޝީދުގެ ތާއީދު ގެއްލުމަކީ ރައީސް ސޯލިހަށް އޮތް ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ އެވެ. ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ ތާއީދު މި ފަހަރު ލިބުން ގާތީ ގާސިމަށެވެ. ގާސިމާއި ޖުމްހޫރީ ޕާޓީން އެ ހުވަފެން ވަރަށް ބޮޑަށް ދެކެއެވެ. ނަޝީދުގެ ތާއީދު ލިބިވަޑައިގެންފިނަމަ އެއީ ގާސިމަށް ލިބިވަޑައިގަންނަވާނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ އެވެ. ދެ ބޭފުޅުންގެ ގުޅުން މިހާރު ވަރަށް ބޮޑަށް ބަދަހިވެފައިވާތީ އެއީ ދުރުކަމެއް ކަމަކަށް ނުފެނެއެވެ. އަދި ދެ ފަރާތުން ދަނީ ސިލްސިލާ މަޝްވަރާތަކެއް ވެސް ކުރަމުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ގާސިމް އަދި ފޯމް ހުށައެއް ނާޅުއްވާ، ލީޑާޝިޕް އެދެނީ ގާސިމް ވާދަކުރެއްވުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ