"ޗައިނާ ވައިޓް" ރާއްޖެ އެތެރެވެއްޖެ، ބޭނުންކުރި ބަޔަކު ފަރުވާ ހޯދި

މަސްތުވާތަކެއްޗާމެދު ވަރަށް ހަރުކަށި ފިޔަވަޅު އަޅާ އެތަކެތި އެތެރެވާ ހުރިހާ ދޮރުތަކެއް ބަންދު ކުރަން ޖެހޭ ކަމަށާ އެހެން ނޫންނަމަ ދިވެހި ޒުވާން އާބާދީ ހަލާކުވެދާނެ ކަމަށް ވިދާޅުވި އެވެ.
ބާރުގަދަ ޑްރަގެއް ތިޔާގިވެ އެކަމާއި ގުޅިގެން ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފައި ވަނިކޮށް އެ ބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ބަޔަކު ބޭނުންކޮށްފައިވާ ކަން ހާމަވެއްޖެ އެވެ.
ހޯމް މިނިސްޓްރީން މިއަދު ނެރުނު "އާންމު ސަލާމަތްތެރިކަމާ ގުޅޭ ސަމާލު" ގައި ބުނެފައި ވަނީ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "ފެންޓަނީލް-ލޭންޑް ޑްރަގްސް" ވަނީ ބައިނަލްއަގްވާމީ މާކެޓް ގައި އުފައްދާ އަދި ދައުރުވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. މި ބާވަތުގެ މަސްތުވާކެއްޗަށް އާންމުކޮށް ކިޔަނީ "ޗައިނާ ވައިޓް" އެވެ.މިއީ ބާރުގަދަ ކެމިކަލްތަކެއް އެއްކުރެވިގެން އުފައްދާފައިވާ ނުރައްކާތެރި ބާވަތެކެވެ. މި ބާވަތުގެ މަސްތުވާތަކެއްޗަކީ އެ ބޭނުންކުރާ މީހާގެ ފުރާނައަށް ނުރައްކާވާފަދަ ބާރުގަދަ އެއްޗެއް މެ އެވެ. ހޯމް މިނިސްޓްރީން ބުނީ ސަމާލެއް ނެރުނީ އެކަމާއި ގުޅިގެން ކަމަށެވެ. އަދި އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކާއި ކުރަން ޖެހޭ މަސައްކަތްތައް އެ މިނިސްޓްރީއާ ޑްރަގް އެޖެންސީއާ ގުުޅުން ހުރި އިދާރާތަކުން ފަށާފައިވާ ކަމަށެވެ. އެތެރެހަށީގެ ހާއްސަ ޑރ. މުހައްމަދު އަލީ މިރޭ ވިދާޅުވި ގޮތުގައި އައިޖީއެމްއެޗްގައި އެޑްމިޓް ކުރި ބައެއް މީހުންގެ ހަށިގަނޑުން އިންފެކްޝަނެއްގެ އަސަރު ފެނިފައިވާ ކަމަށާ އެކަމުން ދޭހަކޮށްދެނީ އެ މީހުން "ޗައިނާ ވައިޓް" ބޭނުން ކޮށްފައިވާ ކަން ކަމަށެވެ. މަސްތުވާތަކެއްޗާމެދު ވަރަށް ހަރުކަށި ފިޔަވަޅު އަޅާ އެތަކެތި އެތެރެވާ ހުރިހާ ދޮރުތަކެއް ބަންދު ކުރަން ޖެހޭ ކަމަށާ އެހެން ނޫންނަމަ ދިވެހި ޒުވާން އާބާދީ ހަލާކުވެދާނެ ކަމަށް ވިދާޅުވި އެވެ.ޑރ ވަނީ މަސްތުވާތަކެތި ބޭނުން ކުރުން މަނާކޮށްފައިވާ ގޮތަށް ރާއްޖޭގައި ވޭޕް ކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުުރުމަކީ ވެސް މަނާ ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އެތަކެތި މަނާ ކުރުމަށް ވެސް ގޮވާލި އެވެ. "ޗައިނާ ވައިޓް" ރާއްޖެ އެތެރެފައިވޭތޯ ސުވާލު ކުރުމުން ހޯމް މިނިސްޓްރީން ވަކި ޖަވާބެއް ނުދެ އެވެ. ނަމަވެސް މިވަގުތު ޑްރަގް ފަރުވާ ގައި ތިބި ބައެއް މީހުން ވަނީ އެ ބާވަތް ރާއްޖޭގައި މިހާރު އެބަހުރި ކަމަށާ ބައެއް މީހުން އެ ބޭނުންކޮށް ހާލު ދެރަވެ ފަރުވާ ހޯދި ކަމަށް ބުނެފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ