ބައިވެރިޔާއާ ހަމައެކަނި ޝަކުވާކޮށްގެން އެއްވެސް ކަމެއް ޙައްލެއް ނުކުރެވޭނެ! އަބަދު ޝަކުވާކުރުމަކީ ބައިވެރިޔާއަށްދެވޭ ވަރަށް ބޮޑު ނަފްސާނީ އަނިޔާއެއް!

ބައެއް މީހުންގެ އެންމެ ބޮޑު އެއް އާދައަކަށްވެފައި އޮންނަނީ އަބަދު ބައިވެރިޔާއާއި ޝަކުވާކުރުމެވެ. ބުނަންހެއްޔެވެ؟ އަބަދު ޝަކުވާކޮށްގެން ހަމައެއްވެސް ކަމެއް ޙައްލެއް ނުކުރެވޭނެއެވެ. އެއިގެ މާނައަކީ ޝަކުވާކުރަންޖެހޭ ޙާލަތުގައި ޝަކުވާ ނުކުރުމެއް ނޫނެވެ.
އެއްވެސް މީހެއްގެ ކިބައިގައި ހުންނާނީ ހަމައެކަނި ޝަކުވާކުރަންޖެހޭނެ ސިފަތަކެއް ނޫނެވެ. ތައްރީފްކުރަންޖެހޭނެ ސިފަތައްވެސް ހުންނާނެއެވެ. އެސިފަތަކަށް ތަޢްރީފްވެސްކުރާށެވެ! ތަޢްރީފްކުރަންޖެހޭ ސިފަތަކަށް ތަޢްރީފްނުކޮށް ހަމައެކަނި ކުށްދައްކައި ޝަކުވާކުރާނަމަ އެކަން ބޮލުގަ ރިއްސުމަކަށް ބަދަލުވުމަކީ ވަރަށް ގާތުގައި އޮންނަ ކަމެކެވެ.
ނަތީޖާއެނގޭހެއްޔެވެ؟ ގިނަފަހަރު ނަތީޖާއަކަށްވަނީ ބޮލުގައި ރިއްސުން ގިނަވެ ހަށިފޮޅައިލުމެވެ. އެއިރުން ލިބޭނެ ދެރަ މާބޮޑުވާނެކަން ޤަބޫލުކުރަންވާނެއެވެ.
ކުޑަކުޑަ ހާދިސާއެއްވެސް ބުނެލާނަމެވެ! އަނބިމިހާއަކީ ވަރަށް ނިކަމެތި އަންހެނެކެވެ. ބަލަންޖެހޭ 3 ކުދިންވެސް ތިބެވެ. ދޮށީ ދަރިފުޅުގެ ޢުމަރަކީވެސް 7 އަހަރެވެ. އެހައިވެސް ދަރިންކޮޅު ހަގެވެ. ވަރިކޮށްލައިފިނަމަ ގޮސް ވަންނާނެ ތަނެއްވެސް ނެތެވެ.
އެހެންކަމާއިއެކުވެސް ފިރިމީހާ އޭނާގެ ކުށްދެއްކުން ގިނަވެ އަބަދު ޝަކުވާ ކުރުމަށް ކެތްނުކުރެވުމުން އެދުނީ ވަރިވުމަށެވެ. 3 ދަރިން ގޮވައިގެން މަގުމަތީގައި އުޅެންޖެހުނަސް މާބޮލަށްފަސޭހަވާނެކަމަށް ޤަބޫލުކުރެވުމުންނެވެ. ތިމާއަށް ކަންކަން މިކުރެވެނީ ރަނގަޅަށް ޏޫންކަން އިޙްޞާޞްކުރެވުނީ އެހިސާބަށް ކަންކަން ދިއުމުންނެވެ.
ފިރިމީހާ ބުނީ ޝަކުވާކުރަނީ ވަކިވާން ބޭނުންވެގެން ނޫންކަމަށެވެ. ވަރިނުކުރާނެ ކަމަށެވެ. އެކުގައި އުޅެން ބޭނުން ކަމަށެވެ. އަނބިމީހާ އޭނާގެ ހުށަހެޅުން ޤަބޫލުކޮށް އެކުގައި އުޅެން މަސައްކަތްކުރިއެވެ. ފިރިމީހާ ނުހަނު ބޮޑަށް މަސައްކަތްކޮށް އެހީތެރިވުމުންވެސް ސިކުނޑިއަށް ލިބިފައިހުރި ގެއްލުންތައް ފިލުވައި ލެވުނީ އެތައް އަހަރަކުންނެވެ.
މިހާދިސާއިންވެސް އެނގެނީ ތައްރީފްނުކޮށް އަބަދު ޝަކުވާކުރުމުން ލިބޭ ގެއްލުން ބޮޑުކަމެވެ. އެއީ ކޮންޓްރޯލްކުރަން ބޭނުންވިނަމަވެސް އެހާފަސޭހައިން ބަދަލުކޮށްލެވޭނެ ކަމެއްވެސް ނޫންކަމެވެ. ވީމާ އެކަކު އަނެކަކާއި ޝަކުވާ ކުރުމުގައިވެސް އިންތަކެއްގައި ހިފަހައްޓަންވާނެއެވެ. ހަމައެއާއިއެކު ތައްރީފްކުރުންވެސް ގިނަކުރަންވާނެއެވެ. ނޫންނަމަ އަނެކާއަށް އެދެވެނީ ވަރަށް ބޮޑު ނަފަސާނީ އަނިޔާއެކެވެ!
--އަލަފް / މިއަދުނޫސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ