ރޯދަ މަހުގެ ފެނާއި ކަރަންޓް ބިލު ބޮޑުނުވާ ގޮތަށް ކެޕް ކުރަން ސަރުކާރުން ނިންމައިފި

ރޯދަ މަހު ކަރަންޓާއި ފެނުގެ ބިލު ބޮޑު ނުވާނެ ގޮތައް އާންމު މަހެއްގަ ހުންނަ ރޭޓުގަ ކެޕް ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އިއުލާން ކުރައްވައިފިއެވެ.
ބ. އޭދަފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެހެން މަސްތަކާއި ހިލާފަށް ރަމަޟާން މަހު ކަރަންޓު ބިލާ ފެން ބިލް ބޮޑުވުމުން ރައްޔިތުން ވަރަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭ ކަމަަށެވެ.
އެހެން ކަމުން، އާއްމު މަސްމަހުގައި ގޭބިސީތަކުގެ ބިލަށް އަރާ މިންވަރަށްވުރެ ބިލުތައް ބޮޑުނުވާނޭގޮތަށް ބިލުކުރުމަށް އެ ޚިދުމަތްތައް ދޭ ކުންފުނިތަކާއި މަޝްވަރާ ކުރެވި އެކަމަށް އެ ކުންފުނިތަކުން އެއްވަސްވެފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 
Advertisement
"އާންމު މަހެއްގަ އެހުންނަ ރޭޓުގަ ކެޕްކޮށްފަ، މާނައަކީ ކުރިން ހުންނަ ވަރަށް، އާންމު މަހެއްގަ ހުންނަ ވަރަށް ކަރަންޓު ބިލާ ފެންބިލާ ހުންނާނީ،" 
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ސްޓެލްކޯ އިން ފެނުގެ ހިދުމަތް ދެމުންދާ ރަށްރަށުގެ ގޭބިސީތަކުން ނަގަމުންދާ 30 ރުފިޔާގެ ޗާޖު ނެގުން ވެސް އުވާލަން ނިންމާފައިވާ ކަމަށެވެ.
މިއާއެކު ރައީސަ މުޢިއްޒުވަނީ އެމަނިކުފާނު ވިދާޅުވި ފަދައިން ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވާ ހަނޑުލާއި ފުށް ދިނުމުގެ އިންތިޒާމްތައް ވެސް އެސްޓީއޯ މެދުވެރިކޮށް ކުރަމުންދާ ކަމަށާ، ކޮންމެ ގެއަކަށް 10 ކިލޯގެ ފުށް އަދި ހަނޑޫ ބަސްތާ ހަވާލުކުރުމަށް ކައުންސިލްތަކާ އެ ސާމާނު ހަވާލު ކުރަމުންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ