ރޯދައިގެ ވަސިއްޔަތް: ދޫ ރައްކާތެރިކުރަމާ! ތުނޑީ ރަމަޟާން ކަޕް: ފައިނަލުގައި ބެސްޓް އަދި ކަންމަތީގެ ކުރިމަތިލުމެއް އޭއޯ ރޯދައިގެބަދިގެ: ވަންޕޮޓް ސްޕިނެޗް މަށްރޫމް ޕާސްތާ ފުވައްމުލަކުގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި މަގުބޫލު

ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އަބަދުވެސް މީހުންގެ މަލާމާތާއި ފުރައްސާރަ ލިބެމުން އަންނަ ކުޅުންތެރިއެއް ކަމަށާއި އެކަމުން އޭނާއަށް ލިބެނީ ބޮޑު ހިތްވަރެއް ކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ޕޯޗުގަލް މިޑްފީލްޑަރ ބުރޫނޯ ފެނާންޑޭސް ބުނެފިއެވެ.
އެންމެ ފަހުން ސްލޮވީނިއާއާއި ދެކޮޅަށް ޕޯޗުގަލް ކުޅެ ބަލިވި އެކުވެރިކަމުގެ މެޗަށް ފަހުވެސް ރޮނާލްޑޯއަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވަމުން އަންނަ ކަމަށާއި، އެ މެޗުން ޕޯޗުގަލް ބަލިވުމުގެ ޒިންމާވެސް ނަގަން ޖެހެނީ ރޮނާލްޑޯއަށް ކަމަށް ގިނަ ބައަކު ދަނީ ބުނަމުން ކަމަށް ބުރޫނޯ ބުންޏެވެ. ނަމަވެސް އެކަމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އެ މެޗުން ޕޯޗުގަލް ބަލިވި ނަމަވެސް އެކަމުގެ ޒިންމާ ރޮނާލްޑޯ ނަގަން ނުޖެހޭނޭ ކަމަށް އޭނާ ބުންޏެވެ.
ބުރޫނޯ ފެނާންޑޭސް ބުނީ ރޮނާލްޑޯ އަކީ މުޅި ޕޯޗުގަލް ވެސް ފަޚުރުވެރިވާ ދުނިޔޭގެ ފުޓްބޯޅަ ލެޖެންޑެއް ކަމަށާއި އޭނާ ގައުމީޓީމަށާއި ދުނިޔޭގެ ފުޓްބޯޅައަށް ދައްކައިދީފައިވަނީ އަގުނުކުރެވޭވަރުގެ ނަމޫނާއެއް ކަމަށެވެ. އެހެން ކަމުން އެއްވެސް ފަރާތަކުން ރޮނާލްޑޯއަށް ބަދުބަސް ބުނެ ފާޑުކިޔޭނޭ އެއްވެސް ޖާގައެއް ނެތް ކަމަށް ބުރޫނޯ ވަނީ ބުނެފައެވެ.
“ރޮނާލްޑޯއަށް ފާޑުކިޔާ ބަދުބަސް ބުނަން ޖެހޭ އެއްވެސް ސަބަބެއް އަހަރެންނަކަށް ނުވިސްނޭ. އޭނާއަކީ ދުނިޔޭގައި މިހާރުވެސް ނަމްބަރ ވަން ކުޅުންތެރިއާ. އަދިވެސް އޭނާ ދަނީ އެކަން މުޅި ދުނިޔެއަށް ސާބިތު ކޮށްދެމުން. ހަގީގަތަކީ ގިނަ ބައަކު ރޮނާލްޑޯއަށް ފާޑުކީ ވަރަކަށް އޭނާއަށް ލިބެނީ އެކަމުން ބޮޑު ހިތްވަރެއް.” ބުރޫނޯ ފެނާންޑޭސް ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނީ އަންނަ ޔޫރޯ މުބާރާތްވެސް ރޮނާލްޑޯގެ އަސްލުކުޅުން ފެންނާނޭ ކަމަށާއި ބޭނުންވަނީ އެ މުބާރާތް ރޮނާލްޑޯއާއި އެކު ކާމިޔާބު ކުރަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ