ޑްރަގް ބުލެޓްތަކެއް ދިރުވާލި މީހާ އަދިވެސް އައިސީޔޫ ގައި

ހޮސްޕިޓަލުން މިއަދު ބުނީ އަދިވެސް އެމީހާގެ ހާލު ދެރަ ކަމަށާ ފަރުވާ ދެނީ އައިސީޔޫ ގަ ކަމަށެވެ.
ފޮރުވަން ޑްރަގް ބްލެޓްތަކެއް ދިރުވާލި މީހާ އަދިވެސް އޮތީ އައިސީޔޫ ގައި ކަމަށާ އޭނާގެ ހާލު އަދި ވެސް ވަރަށް ދެރަ ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.
ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ކަަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ހުރި ބްލެޓްތަކެއް ފޮރުވައިގެން އުޅުނު މީހަކު ހާލު ދެރަވެ އައިޖީއެމްއެޗްގެ އައިސީޔޫ ގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުުން ބުނީ މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ. މި މީހާ އަކީ މިރޭ މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަަމަށް ވެސް ބުންޏެވެ.ހޮސްޕިޓަލުން މިއަދު ބުނީ އަދިވެސް އެމީހާގެ ހާލު ދެރަ ކަމަށާ ފަރުވާ ދެނީ އައިސީޔޫ ގަ ކަމަށެވެ.ފުލުހުން އެރޭ ބުނީ މި މީހާގެ އާއިލާ އަށް މިކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އެއީ ދިވެހި ފިިރިހެނެއް ކަމަށް ވެސް ބުންޏެވެ. ފަހުން އެ ކަމާ ގުޅޭ އިތުުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ