އުރީދޫ ނޭޝަން އީއޭއެފްސީ ސީރީޒް، ސީޒަން 1 ގެ ޗެމްޕިއަނަކަށް ޒަމީލް

އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ގައި ބޭއްވުނު އުރީދޫ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް، ސީޒަން 1 20 އެޕްރީލްގައި ނިމިއްޖެއެވެ. 18 އެޕްރީލް އިން ފެށިގެން 2 ދުވަހުގެ މުއްދަތައް ކުރިއަށް ދިޔަ މިމުބާރާތުގައި ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެ ހޫނު ތަރުހީބެއް ލިބިގެން ދިޔައެވެ. މި މުބާރާތް ކުރިއަށް ގެންދިޔައީ މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނާއި ގުޅިގެންނެވެ.
ފޯރިގަދަ މެޗު ތަކަކާއެކު ކުޅުންތެރިން މަސައްކަތް ކުރަމުންދިޔައީ ޗެމްޕިއަން ކަން ހޯދާ ފައިސާގެ އިނާމުތައް ހޯދުމަށެވެ. އަދި ހުރިހާ ބައިވެރިންގެ ކިބައިން ވެސް ނަމޫނާ ރީތި ކުޅުން ފެނިގެން ދިޔައެވެ.
އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް، ސީޒަން 1 ގެ އެންމެ މޮޅު ކުޅުންތެރިންނަށް ހޮވުނީ:
ޗެމްޕިއަން: މުހައްމަދު ޒަމީލް ޒިހުނީ (8000ރ)
ރަނަރއަޕް: ރާއިދު ހަސަން (4500ރ)
2ވަނަ ރަނަރއަޕް: މުހައްމަދު ރިޝްފާން އަހްމަދު (2500ރ)
އުރީދޫ ނޭޝަންގެ ގެ ފަރާތުން ރާވައިގެން ކުރިއަށް މިގެންދާ މުބާރާތްތަކަކީ ރާއްޖޭގައި ކުރިއަރަމުންދާ އީ-ސްޕޯޓްސް ކޮމިއުނިޓީއަށް ހިތްވަރުދީ، އެންމެން އެއްތަނަކަށް ގެނެސް، ވާދަކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށެވެ. އުރީދޫއިން މަސައްކަތްކުރަނީ ރާއްޖޭގައި އީ-ސްޕޯޓްސް ކުރިއަރުވާ އަދި މިކަމުގައި އުޅޭ ޒުވާނުންނަށް އިތުރު ފުރުސަތު ހޯދައިދިނުމަށެވެ. އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ ކުރިއަށް ހުރި މުބާރާތްތައް ވަރަށް އަވަހަށް އިއުލާނު ކުރެވިގެން ދާނެއެވެ.   
-ނިމުނީ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ