ކުޅުދުއްފުއްޓަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް، މުޅި ސިޓީއަށް ކަރަންޓު ދީފި

ހދ.ކުޅުދުއްފުށި ސިޓީއަށް ދިމާވި ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކޮށް، މުޅި ރަށަށް ކަރަންޓު ދީފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ އެ ކުންފުނީގެ އިލްމީ، ގާބިލު އަދި ތަޖުރިބާކާރު ޓީމާއި، ފެނަކައިގެ މުވައްޒަފުން ކުރި ކަސައްކަތުން ކުޅުދުއްފުށި ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް މިހާރު ވަނީ މުޅި ރަށަށް ކަރަންޓު ދެވިފައި ކަމަށެވެ.
”ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަބަދުވެސް ދެއްވަވަމުންގެންދަވާ ހަރުދަނާ އިރުޝާދުތަކަށް ޝުކުރު ދަންނަވަން.“ އޭނާ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ، މިފަދަ ކޮންމެ ދަނޑިވަޅެއްގައި ގައުމީ ވާޖިބެއް ކަމުގައި ދެކި ސްޓެލްކޯގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ފަޙުރުވެރިކަމާއިއެކު، ސާބަހާއި ޝުކުރު ދަންނަވާ ކަމަށެވެ.
މިކުންފުނީގެ އިލްމީ، ޤާބިލް އަދި ތަޖުރިބާކާރު ޓީމާއި، ފެނަކައިގެ މުވައްޒަފުން ކުރި ކަސައްކަތުން ކުޅުދުއްފުށި ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް މިހާރު ވަނީ މުޅި ރަށަށް ކަރަންޓު ދެވިފައި. ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް… pic.twitter.com/20HtzugkWo
— Hussain Fahmy (@u09HussainFahmy) April 15, 2024
ކުޅުދުއްފުއްޓަށް ކަރަންޓު ލިބުމުގައި މައްސަލަތައް ދިމާވިއިރު، ނިމިދިޔަ ސަރުކާރުން ޖެންސެޓުތައް މަރާމާތު ކޮށްފައިނުވާކަން ފެނަކައިން ވަނީ ފާހަގަކޮށްފައެވެ. އެމްޑީޕީގެ ވެރިކަން ނިމުނުއިރު، ފެނަކައިގެ ދަރަނި ބޮޑުވެ، ކުންފުނި ވަނީ ވަރަށް ބޮޑަށް ބަނގުރޫޓުވެފައި ކަމަށް އެ ކުންފުނީގެ މިހާރުގެ އެމްޑީ، މުއާޒު މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ.
ަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ