އަންނަ ރަމަޟާންމަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ހޮޓާ ރެސްޓޯރަންޓު ފަދަ ތަންތަން ހުޅުވާފައި ބަހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ރޯދަ މަހު ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށެވެ. އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނިގޮތުގައި، ފިހާރަތައް ނުވަތަ މުދާ ވިއްކާ ތަންތަން މާދަމާ އިން ފެށިގެން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށެވެ. ރޯދަމަހާއި ހަ ރޯދަ ނިމެންދެން ވެސް އެ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ އެއީ އެވެ.
މީހުން ދިރިއުޅޭ ރަށްތަކުގައި 24 ގަޑިއިރު ހިދުމަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ ތަންތަން ހިމެނޭ ގޮތަށް، ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ވެސް އެ ގަޑިތަކުގަ އެވެ. އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ އެގޮތަށް އަމަލުކުރަން އަންގައިފަ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި ފަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މި މަހު 18 އެވެ.
އޮފްސައިޑް ނިންމުންތައް އިތުރަށް ހަރުދަނާކުރަން ކުޅުންތެރިންގެ ޑިޖިޓަލް ސިފަތަކެއް ހަދަން ފީފާއިން ނިންމައިފި ވޯލްޑް ކަޕަށް ފްލޮރިޑާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިއުމަން ރައިޓްސް ގްރޫޕްތަކުގެ އިންޒާރެއް ރާއްޖޭގައި ބާއްވާ މައި 2 އިންތިޚާބު އެއްކޮށްލަން ހ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ