ހުލާސާކޮށް އިއްޔެ: އީސީ އޮތީ މުއިއްޒުގެ ނުފޫޒުގައި ތާށިވެފައި! ހުލާސާކޮށް އިއްޔެ: އީސީ އޮތީ މުއިއްޒުގެ ނުފޫޒުގައި ތާށިވެފައި!

އިލެކްޝަންސް ކޮމިޝަނަކީ މިހާރު މިނިވަން ކޮމިޝަނެއް ނޫން ކަމަށާއި، އެތަން އޮތީ ރައީސް މުހައްމަދު މުއިއްޒުގެ ސީދާ ނުފޫޒުގެ ދަށުގައި "ތާށިވެފައި" ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވަރަށް ބޮޑަށް ފާޑުވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
"އަދަދު" ނޫހުން ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ގެނެސްދޭން ފެށި "ފެންނަނުފެންނަ" ޕްރޮގްރާމުގައި، ކުރިން މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ޝިފާޒު ވިދާޅުވީ، އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި "ފެންނަ ނުފެންނަ" ވޯޓާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ނިންމަމުންދާ ނިންމުންތަކަކީ ރައްޔިތުންގެ ބައިވެރިވުން ކުޑަކޮށް، ސަރުކާރަށް ފައިދާވާނެ ގޮތަށް ރޭވިގެން ކުރިއަށްދާ ކަންކަން ކަމަށެވެ.
"ކުޑަކޮށްވެސް އަޅުގަނޑު ގަބޫލެއް ނުކުރަން މިއީ އިންސާފުވެރި އިންތިހާބެއް ކަމަކަށް. އިންސާފުވެރި އިންތިހާބެއްގައި އެންމެ ބޮޑު އެއް މަފުހޫމަކީ ވީހާވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ގޮތް ނިންމަން ފުރުސަތު ދިނުން،" ޝިފާޒު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކޮށްފައިވަނީ ފުރުސަތުތައް ހަނިކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް، ރާއްޖޭން ބޭރުގައާއި ރިސޯޓުތަކުގައި ވޯޓު ފޮށި ނުބެހެއްޓުމަށް ނިންމި ނިންމުމަކީ، ލޯކަލް ކައުންސިލް އިންތިހާބުތަކުގެ ނަތީޖާ ބަދަލުކުރުމަށް ކުރާ "ހީލަތްތެރި" މަސައްކަތެއްގެ ގޮތުގައި ޝިފާޒު ފާހަގަކުރެއްވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ތިއްބެވީ ނުފޫޒުގައި ތާށިވެފައިކަން ވަރަށް ސާފުކޮށް އެނގޭކަމަށް ޝިފާޒު ވިދާޅުވި އެވެ.
"އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ވިދާޅުވި އެ ބޭފުޅުން ގިލްޓީވަމޭ މިވަގުތު ހާލަތާ ދޭތެރޭގައި. ސިޔާސީ ޕާޓީތަކާއި އީސީއާ ދެމެދު އެންގޭޖުވުމެއް ނެތް. އެ ބޭފުޅުންނަށް ނެތްކަން އެ ނޫން އެހެން ގޮތެއްވެސް، އެ ބޭފުޅުންނަށް މާ މުހިއްމު ދައުލަތުގެ ޕޭރޯލުން ލިބޭ މުސާރަ،" އިލެކްޝަންސް ކޮމިޝަނާއެކު އެމްޑީޕީން ބޭއްވި ބައްދަލުވުމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވިއެވެ.
ފެންނަ ނުފެންނަ ވޯޓަށް ރައްޔިތުން ހޭލުންތެރިކުރުވުމަކީ އީސީގެ ޒިންމާއެއް ކަމަށް ވެސް އެ ކޮމިޝަނުން ގަބޫލު ނުކުރާ ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ.
"އެހެން ވިދާޅުވީމަ އަޅުގަނޑުމެން ބުނިން ގާނޫނުގައި އޮވޭހޭ އީފާސް ކިޔާ އެއްޗަކުން ސިޔާސީ ޕާޓީތަކުގެ މެންބަޝިޕް ހޯދަން،" ޝިފާޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ