ބިދޭސީން މަަސައްކަތްކުރާ ވޯކް ސައިޓުތަކުގެ ހުއްދަ އާކުރަން އަންގައިފި

ކޯޓާ ނުނަގާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ވޯކް ސައިޓުތަކާއި މުއްދަތު ހަމަވެފައިވާ ތަންތަނުގެ ހުއްދަ އާކުރަން ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީން މިއަދު އަންގައިފި އެވެ.
ވީ ކިހިނެއް؟ - އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ތަފްސީލް - މި މަސައްކަތުގެ ދަށުން، ރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެންނަން ޕްރޮޖެކްޓް އުސޫލުން ރަޖިސްޓަރީ ކޮށްފައިވާ ވޯކް ސައިޓްތަކުގެ ތެރެއިން، ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައިވާ ކަމަށް އެކްސްޕެޓް ސިސްޓަމްގެ ރިކޯޑްތަކުން ދައްކާ ސައިޓުތައް މާދަމާއިން  ފެށިގެން "ޕެންޑިން ސައިޓް ކްލިއަރެންސް" އަށް ބަދަލުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ރަޖިސްޓަރީ ކޮށްފައިވާ ވޯކް ސައިޓްތަކުގެ ތެރެއިން، ކޯޓާއެއް ނުނަގާ  އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ސައިޓްތައް އަންނަ އާދިއްތަދުވަހުން ފެށިގެން "އިން-އެކްޓިވް" ސްޓޭޓަސްއަށް ބަދަލުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ވަނީ މުއްދަތު ހަމަވެފައިވާ ވޯކް ސައިޓްތައް އަލުން އެކްޓިވޭޓް ކުރުމަށް، މުއްދަތު ހަމަވެފައިވާ ލިޔެކިއުންތައް އާކުރަން އަންގައިފަ އެވެ. ލިޔުން އަޕްޑޭޓް ކުރަން ޖެހެނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށެވެ.
ފާހަގަކުރެވޭ - ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަކީ ގަވައިދާ އެއްގޮތަށް ރާއްޖޭގައި އުޅޭ މީހުންކަން ކަށަވަރުކުރަން ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން:
އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ބިދޭސިންގެ ލިޔެކިޔުންތައް ހަމަތޯ ބަލަން ސިލްސިލާ އޮޕަރޭޝަންތައް ހިންގާ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދަންބ ތިން މަހުގެ މުހުލަތެއް ދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ