ސަރުކާރުން އެއްބާރުލުން ލިބެނީ ވަރަށް ކުޑަކޮށް: މާލެ ސިޓީ މޭޔަރ

މާލެ ސިޓީގައި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި، ތޮއްޖެހުން ކުޑަކުރުމުގެ ޕްލޭނެއް އެކުލަވާލާ މަސައްކަތް ކުރެވެމުން ދިޔަނަމަވެސް މި ބަދަލުތައް ގެނައުމަށް، ސަރުކާރުން މަސައްކަތުގައި މާލެ ސިޓީ ކައުންސިލަށް އެއްބާރުލުން ލިބެނީ ވަރަށް ކުޑަކޮށް ކަމަށް މޭޔަރު ވިދާޅުވެއްޖެއެވެ. ސަރުކާރުގެ އެއްބަރުލުން ކިތަންމެ ކުޑަކޮށް ލިބުނަސް ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ މާލެ ސިޓީގެ ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމަށް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
މާލޭ މޭޔަރ އެހެން ވިދާޅުވީ މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ މޭޔަރސް ފޯރަމްގެ ފަޔަރ ޗެޓް ސެޝަންގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޗައިނާގެ ބޭޖިންގައެވެ. މޭޔަރސް ފޯރަމްގެ ފަޔަރ ޗެޓް ސެޝަންގައި މޭޔަރ އާޒިމާ ސުވާލުކުރެވުނީ ކާބަން މަދުކުރުމާއި ހަކަތައިގެ ނުވަތަ ދަތުރުފަތުރުގެ އިސްލާޙުތަކުން ފެށިގެން، އައްސޭރިފަށް ހިމާޔަތްކުރުމާއި، މާލެ ސިޓީ ދެމެހެއްޓެނިވި ސިޓީއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުންނެވެ. 
މޫސުމީ ބަދަލުތަކާއި ގުޅިގެން ދިމާވާ ކަންކަމުގައި ދެމެހެއްޓެނިވި ސިޓީއެއްގެ ގޮތުގައި މާލެސިޓީ ބޭއްވުމަށް ކުރާ މަސައްކަތަކީ އުނދަގޫ ކަމެއް ނަމަވެސް ކުރަންޖެހިފައިވަނީ އަވަސް ހައްލެއް ބޭނުންވާ މަސައްކަތް ތަކެއް ކަމަށް ޖަވާބުގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވިއެވެ. ކާބަން މަދުކުރުމަށް ކުރެވެމުންދާ މަސައްކަތް ފެށުމުގެ މަރުހަލާގައި އޮތް ނަމަވެސް، ދެމެހެއްޓެނިވި ތަރައްގީ ހާސިލް ކުރުމުގެ މަސައްކަތުން ކުރިއެރުންތައް ހޯދެމުންދާ ކަމަށް ޖަވާބުގައި އާޒިމު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ