މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން މިއަހަރު ތެރޭގައި 59 މަޝްރޫއެއްގެ މަސައްކަތް ނިންމާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސައުދީ ވަނީ އެމްޓީސީސީން މަޝްރޫއުތައް ރާވާފައިވާ ގޮތުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އެގޮތުން، ކުރީ ސަރުކާރުގައި އެ ކުންފުންޏާ ހަވާލުކޮށްފައި ހުރި މަޝްރޫއުތަކާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހަވާލުކޮށްފައިވާ ޚާއްސަ މަޝްރޫއުތަކުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މި ސަރުކާރު އައިއިރު އެމްޓީސީސީގެ ގިނަ މަޝްރޫއުތަކެއް ހުރީ ހުއްޓިފައެވެ. އެ މަޝްރޫއުތައްވެސް ބަޖެޓުގައި ހިމަނައިގެން ވަނީ އަލުން ފަށައިފައެވެ.
މީގެ އިތުރުން ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ސްކޫލްތަކާއި ކައުންސިލް އިމާރާތް ކުރުމާއި މަގާއި ބަނދަރު ހެދުން ފަދަ މަޝްރޫއުތައްވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.
ސައުދީ ވިދާޅުވީ، މިއަހަރު ޚާއްސަ މަޝްރޫއުތަކުގެ ގޮތުގައި ހަވާލުކޮށްފައިވާ 20 މަޝްރޫއަކާއި މިހާރު ކުރިއަށްދާ 39 މަޝްރޫއުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
"2026 ގައިވެސް އަޅުގަނޑުމެން ނިންމާނަން 72 ޕްރޮޖެކްޓްސް. އޭގެ ތެރޭގައި ހަމަ ސްޕެޝަލް ޕްރޮޖެކްޓާއި އޮންގޮއިން ޕްރޮޖެކްޓް ހިމެނޭނެ. ގޮސްސަ 2028 އާ ހަމައަށްދާއިރު އެމްޓީސީސީއާ ހަވާލުކޮށްފައިހުރި ޕްރޮޖެކްޓުތަކުގެ ތެރެއިން މަސައްކަތް ކުރަމުންދާ ޕްރޮޖެކްޓުގެ އަދަދަށް ބަލާނަމަ އެންމެ ފަހު ކުއާޓަރަށްދާއިރު ނުނިމި ހުންނާނީ 4ވަރަކަށް ޕްރޮޖެކްޓް،" ސައުދީ ވިދާޅުވިއެވެ.
ސައުދީ ވިދާޅުވީ މިހާރު މަސައްކަތްތައް ކުރިއަށްދާގޮތުން އެވްރެޖުކޮށް މަހެއްގެ ތެރޭގައި 6 މަޝްރޫއު ނުވަތަ 7 މަޝްރޫއުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
އެމްޓީސީސީގެ ސީއީއޯ ވިދާޅުވީ، ކުންފުނީގެ މިހާރުގެ ޓާގެޓް ހާސިލް ކުރުމަށް ސަރުކާރާއި އެކި ވުޒާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އެމްޓީސީސީގެ އަމާޒު: މިއަހަރު 59 މަޝްރޫއު ނިންމާލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ