އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސް 2025ގައި އުރީދޫ މޯލްޑިވްސްއަށް ޝަރަފުވެރި ދެ އެވޯޑެއް ލިބިއްޖެ އެވެ.
ތަފްސީލް - އުރީދުއަށް ލިބުނު ދެ އެވޯޑަކީ:
ގޯލްޑް ސްޓީވީ އެވޯޑް (އެކްސެލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީޒް) - ކަސްޓަމަރުންގެ ބޭނުންތަކަށް އަމާޒުކޮށްގެން ޒަމާނީ އަދި އީޖާދީ ޓެކްނޮލޮޖީތަކާއި ސޮލިއުޝަންތައް މެދުވެރިކޮށް ރާއްޖޭގެ ޑިޖިޓަލް މާހައުލު އަލުން ބައްޓަން ކުރުމުގައި އުރީދޫގެ ދައުރު ފާހަގަކުރުމަށް
ސިލްވާ ސްޓީވީ އެވޯޑް (އިނޮވޭޓިވް އެޗީވްމަންޓް އިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ) - އެއާ އެމްބިއުލާންސް ހިދުމަތަށް ފޯރުކޮށްދިން އެހީއަށް
މިދިޔަ އަހަރު އަލަށް ފެށި އެއާ އމްބިއުލާންސް ހިދުމަތަށް ބޭނުންވާ 16 މިލިއަން ރުފިޔާގެ ހާއްސަ އިކުއިޕްމަންޓް އުރީދޫން ވަނީ ސަރުކާރަށް ހަދިޔާ ކޮށްފަ އެވެ.
ބުނީ ކީކޭ؟ - ޓެކްނޮލޮޖީގެ ކުރިއެރުމާއި އިޖްތިމާއީ ޒިންމާ އަދާކުރުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކޮށް، ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަތުމަކީ ހަގީގަތުގައި ވެސް ލިބޭ ވަރަށް ބޮޑު ޝަރަފެއް،" އުރީދޫން ނެރުނު ބަޔާނެއްގައި ބުންޏެވެ.
"މި އެވޯޑްތަކަކީ އަޅުގަނޑުމެންގެ މުޅި ޓީމްގެ މަސައްކަތް ރަމްޒުކޮށްދޭ އަދި ވިސްނުންތެރިކަމާ އެކު އިނޮވޭޓްކޮށް، އަޅުގަނޑުމެންގެ މުޖުތަމައުތަކަށް ފައިދާވާނެ ކަންކަން އިސްކުރުމުން އަޅުގަނޑުމެންނަށް ހާސިލުކުރެވިދާނެ ކަންކަން ހަނދާން އާކޮށްދޭ އެވޯޑެއް."
ފާހަގަކޮށްލެވޭ - އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ 29 ގައުމެއްގައި މަސައްކަތުގެ މާހައުލުގައި އިނޮވޭޝަން ބަލައިގަންނަ ހަމައެކަނި ބިޒްނަސް އެވޯޑްސް އެވެ.
އުރީދުއަށް އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްގައި ޝަރަފުވެރި 2 އެވޯޑް ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ