ޓެކާސް ދިރާގު ރިސޯޓް ކަޕް މިއަދު ފަށަނީ

'ޓެކާސް ދިރާގު ރިސޯޓް ކަޕް' ފުޓްސަލް މުބާރާތް މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި މުބާރާތް ބާއްވަނީ މެރީނާ ކްރޮސްރޯޑްސް މޯލްޑިވްސްގަ އެވެ.
ތަފްސީލް - ޓެކާސް ސްޕޯޓްސް މެނޭޖްމަންޓް ކޮމްޕެނީން އިންތިޒާމްކޮށްގެން ރާއްޖޭގެ ރިސޯޓްތަކަށް ހާއްސަކޮށްގެން އެކި ޒޯންތަކަށް ބަހާލައިގެން ކުރިއަށްގެންދާ މާލެ ޒޯނަށް ހާއްސަ މި ފުޓްސަލް މުބާރާތް ކުރިއަށްދާނީ މި މަހު 29ގެ ނިޔަލަށެވެ.
ރިސޯޓުތަކުގެ މެދުގައި ގުޅުންބަދަހިކޮށް ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރޭގައި ހިމެނެނީ:
ގްރޫޕް އޭ
ދި މެރީނާ ކްރޮސްރޯޑްސް މޯލްޑިވްސް
އެސްއޯ/ މޯލްޑިވްސް
ސަން ސިޔާމް އޮޅުވެލި
ވެލައްސަރު މޯލްޑިވްސް
އެނބޫދޫ ވިލެޖް
ގްރޫޕް ބީ
ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް ކާފު އެޓޯލް އައިލެންޑް ރިސޯޓް
އޮޒެން ލައިފް މާދޫ
ސައި ލެގޫން މޯލްޑިވްސް، ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަން
ހާޑް ރޮކް ހޮޓެލް މޯލްޑިވްސް
ފާހަގަކޮށްލެވޭ - ދިރާގަކީ ރާއްޖޭގައި ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތައް ކުރިއެރުވުމަށް ހިންގާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކުގައި ބައިވެރިވެ އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ