އައްޑޫ ސިޓީ ހުޅުމީދޫ އާއި ހިތަދޫ ބުރިޖަކުން ގުޅައިދިނުމަށް ރައީސް ޔާމީން ވައުދުވެވަޑައިގެންފި

ދެން ވެރިކަމަށް އާދެވިއްޖެނަމަ އައްޑޫ ސިޓީ ހުޅުމީދޫ އާއި ހިތަދޫ ބުރިޖަކުން ގުޅުވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވައުދުވެއްޖެއެވެ.
މިހާރު ރައީސް ޔާމީން އައްޑޫ ސިޓީއަށް ކުރަވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީއައްޑޫގެ ރަށްތައް ސިޓީއެއްގެ ގޮތުގައި އޮތް ނަމަވެސް ހުޅުމީދޫއަށް ބޭނުންވާ ކަންކަން ކުރިއަށް ނުގޮސް ފިތިގެންދާތީ ރައީސް ޔާމީން ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
މިއަދު އެ ރަށުގައި ބޭއްވި ޖަލްސާގެ ޕޯޑިއަމް ތައްޔާރުކޮށްފައިވަނީ ބްރިޖެއްގެ ސިފައިގައެވެ. އަދި އެ ޕޯޑިއަމްގައި ވަނީ "ހުޅުމީދޫ ހިތަދުއާ ގުޅުވާ ބްރިޖް" ކަމަށްވެސް ޖަހާފައެވެ.
އައްޑޫ ސިޓީގެ ހިތަދުއާއި ހުޅުމީދޫ ބުރިޖަކުން ގުޅުވައި ދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅަކަށްވާއިރު ވެރިކަމުގެ ފަހު ކޮޅަށް އައިސްފައިވާއިރުވެސް އެފަދަ އެއްވެސް މަސައްކަތެއް ކުރައްވާފައެއް ނުވެއެވެ.
2018 ވަނަ އަހަރުވެސް ރައީސް ޔާމީން ވަނީ އެ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ބުރިޖު އަޅުވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެ ފަހަރުގެ އިންތިހާބުން އެމަނިފާނު ވަނީ ނާކާމިޔާބުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ