ތިން މަސްދުވަހަށް ހުޅުމާލެއަށް ނޭރުމަށް މީހެއްގެ މައްޗަށް ދެވަނަ ފަހަރަށް ހުޅުމާލެ ކޯޓުން ޝަރުޠު ކޮށްފިއެވެ.
ހުޅުމާލެ ފިހާރައެއްގެ ސޭޓަކަށް ތޫނު އެއްޗަކުން ބިރުދެއްކި މައްސަލައިގައި ކޯޓުން ތިން މަސްދުވަހަށްހުޅުމާލެއަށް ނޭރުމަށް ޝަރުޠުކޮށްފައިވަނީ ކ.މާލެ، ދަފްތަރު ނަމްބަރު:5624، އުމުރުން ނަވާރަ އަހަރުގެ އަޙްމަދު ޝައިރަފް ޢަބްދުއްރަޙީމްގެ މައްޗަށެވެ.
މިމީހާ ފޭރެން މަސައްކަތްކޮށްފައިވަނީ މިއަހަރުގެ ޖުލައި މަސްތެރޭގައި ހުޅުމާލޭގައި ހުރި ފިހާރައަކަށް ވަދެ އެފިހާރައިގެ ސޭޓަށް ތޫނު އެއްޗަކުން ބިރުދެއްކުމަށްފަހުގައެވެ.
އޭނާގެ މައްޗަށް މިއަހަރުގެ މެއި މަސްތެރޭގައިވެސް ވަނީ އެއްމަސް ދުވަސް ވަންދެން ހުޅުމާލެއަށް ނޭރޭގޮތަށް ހުޅުމާލޭ ކޯޓުން ޝަރުޠު ކޮށްފައެވެ. އަޙްމަދު ޝައިރަފް އަކީ މީގެކުރިންވެސް ވައްކަމާއި މަސްތުވާތަކެތީގެ އިތުރުން މާރާމާރީގެ މައްސަލަތަކުގެ ގިނަ ރެކޯޑް އޮންނަ މީހެއްކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން، މާރާމާރީ ހިންގުމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަޙުޤީޤުކޮށް 2009 ވަނައަހަރު ވަނީ ޕީޖީއަށް ފޮނުވާފައިވޭ. އަދި އަޙްމަދު ޝަރަފަކީ މަޤުބޫލު ސަބަބެއްނެތި ޢާއްމު ތަންތަނުގައި ތޫނު އެއްޗެތި ގެންގުޅުނުކަމުގެ ކުށްސާބިތުވެ 2012 ވަނައަހަރު އޭޕްރީލް މަހުގެ 22 ވަނަ ދުވަހު 4 މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވާ މީހެކެވެ.
03މަސްދުވަހަށް ހުޅުމާލެއަށް ނޭރުމަށް މީހެއްގެ މައްޗަށް ދެވަނަ ފަހަރަށް ކޯޓުން ޝަރުޠު ކޮށްފި.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ