އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ދެވަނަ ފަހަރަށް ކުރި އިއުލާން ބާތިލުކޮށްފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތި ލުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ދެވަނަ ފަހަރަށް ކުރި އިއުލާން ވެސް ބާތިލުކޮށްފިއެވެ.
އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ނަމަވެސް އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައި ނުވާތީ ދެވަނަ އަލުން ކުރިމަތިލުމަށް ހުޅުވާލީ މިމަހުގެ ހަތްވަނަ ދުވަހު އެވެ.
ނަމަވެސް އެ އިއުލާން ރައީސް އޮފީހުން މިއަދު ވަނީ ބާތިލުކޮށްފައެވެ. ނަމަވެސް އެ އިއުލާން ބާތިލްކުރި ވަކި ސަބަބެއް އެނގިފައެއް ނުވެއެވެ.
އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ ކުރިން އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު މުހަންމަދު އެކޮމިޝަނުގެ ރައީސް ކަމުންނާއި އެކޮމިޝަނުގެ މެމްބަރުކަމުން ވަކި ކުރުމުން މެމްބަރުކަމުގެ މަގާމެއް ހުސްވެފައި އޮތުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ