ރާއްޖޭގެ ސުޕްރީމް ކޯޓުން ބައެއް ގައީދިން މިނިވަން ކުރުމަށް ހުކުރު ވިލޭރޭ ނެރުނު އަމުރު ތަންފީޒު ކުރުމަށް އިންޑިއާގެ އެހީއަށް އެދިފައިވާ ކަމަށް އިންޑިއާގެ އެންމެ މަޝްހޫރު އެއް ނޫސް ކަމަށްވާ "ޓައިމްސް އޮފް އިންޑިއާ" ބުނުމަށް ފަހު އެފަދަ އެހީއަކަށް ސުޕްރީމް ކޯޓުން އެދުނު ސަބަބުތައް ބަޔާން ކޮށްފިއެވެ.
އެނޫހުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން އިންޑިއާގެ އެހީއަށް އެދިފައިވާ އެއް ސަބަބަކީ ސުޕްރީމް ކޯޓުގެ އަމުރުގެ ސަބަބުން ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ފަހިވެފައި އޮތުމުން އެކަން ތަންފީޒު ކުރުމެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްތު އިދިކޮޅު ފަރާތްތަކަށް ލިބިފައިވުމާއި މަޖިލިސް ހުއްޓިފައި އޮތް އޮތުމަށް ނިމުން ގެންނަން ސުޕްރީމް ކޯޓުން ބޭނުން ވެފައިވުމަކީ ވެސް އިންޑިއާގެ އެހީއަށް އެދިފައި ވާނެ ސަބަބެއް ކަމަށް ބުނެފައިވެއެވެ.
އިތުރު ސަބަބުތަކުގެ ތެރޭގައި އެނޫހުގައި ބަޔާން ކޮށްފައި ވަނީ އިންޑިއާ އިން ރާއްޖޭގެ ހާލަތު ކައިރިން ބަލަމުންދާ ކަމަށާއި ކޯޓުގެ އަމުރަށް އިޙްތިރާމް ކުރުމަށް އިންޑިއާ އިން ގޮވާލާފައި ވުމަކީ ވެސް ސުޕްރީމް ކޯޓުން އިންޑިއާގެ އެހީ ބޭނުންވާ ސަބަބެކެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ރައީސް ޔާމީން އެއްވެސް މަސައްކަތެއް ކުރައްވާތަން ނުފެންނަ ކަމަށާއި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރެވޭނެ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެފައި ވުމަކީ ވެސް އިންޑިއާގެ އެހީ ބޭނުންވާ ސަބަބެއް ކަމަށް ބުނެފައިވެއެވެ.
އިންޑިއާގެ އެންމެ މަޝްހޫރު ނޫސް ކަމަށްވާ "ޓައިމްސް އޮފް އިންޑިއާ" ގައި ބުނެފައިވާ ގޮތުގައި އެނޫހަށް މައުލޫމާތު ދިން ސުޕްރީމް ކޯޓުގެ މަތީފެންވަރުގެ އޮފިޝަލަކު ވަނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރުން މަގާމުން ދުރުކުރަން ރައީސް ޔާމީން މަސައްކަތް ކުރައްވާތީ އިންޑިއާގެ އެހީތެރިކަމަށް ސުޕްރީމް ކޯޓުން އެދިފައިވާ ކަމަށް ބުނެފައެވެ.
އެއޮފިޝަލް ވަނީ އިންޑިއާގެ އިތުރުން ޑިމޮކްރަޓިިކް އެހެންގައުމުތަކުން ވެސް މިކަމުގައި އެހީތެރިކަން ދިނުމަށް އެދިފައި ކަަމަށް "ޓައިމްސް އޮފް އިންޑިއާ" ގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް އިންޑިއާގެ އެހީއަށް ސުޕްރީމް ކޯޓުން އެދިފައިވާ ކަމަށް އިންޑިއާގެ އެންމެ މަޝްހޫރު އެއް ނޫހުގައި ބުނެފައި ވީނަމަވެސް އެފަދަ އެހީއަކަށް ރާއްޖޭގެ ސުޕްރީމް ކޯޓުން އެދިފައިވާކަން ރަސްމީ ފަރާތަކުން ކަށަވަރު ކޮށެއް ނުދެއެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓުން އިންޑިއާގެ އެހީއަށް އެދިއްޖެ ކަމަށް އަނެއްކާވެސް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ