ޗައިނާގެ ދަރިވަރުން ހޯދާ ކާމިޔާބީގެ ފަހަތުގައި މައިންގެ ހިއްޞާ ވަރަށް ބޮޑު: ޑރ. ޢަލީ ޝަމީމް

ޗައިނާގެ ދަރިވަރުންނަކީ ދުނިޔޭގެ ފެންވަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން ގެންދާ ދަރިވަރުން ކަމަށާއި އެކާމިޔާބީގެ ފަހަތުގައި ބެލެނިވެރިންގެ، ޚާއްޞަކޮށް މައިންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް ވިދާޅުވެއްޖެއެވެ.
ޑރ. ޝަމީމް މިމޭރުމުން ވިދާޅުވީ ކެޔޮދޫ ސްކޫލުގެ 2014 ވަނަ އަހަރުގެ އިނާމު ދިނުމަށް ހޮނިހިރު ދުވަހުގެ ރޭ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަނަވާރުންގެ ތެރެއިން މިނިކާ ވަގަކީ އެއެއްޗެތީގެ ޅަދަރިންގެ ކަންކަމަށް ވަރަށް ބޮޑަށް ފަރުވާބަހައްޓާ ޖަނަވާރެއްކަން ފާހަގަ ކުރައްވައި ޑރ. ޝަމީމް ވިދާޅުވީ ޗައިނާގެ މައިންނަކީ ދަރިންގެ ކަންކަމަށް ފަރުވާ ބަހައްޓައި ސަމާލުކަން ދިނުމުގައި މިނިކާވަގުތަކެއް ފަދަ ބައެއް ކަމަށެވެ.
ޑރ. ޝަމީމް ވިދާޅުވީ މީގެ އިތުރުން ޗައިނާގެ ސްކޫލުތަކުން ބެލެނިވެރިން ހޭލުންތެރި ކުރުވުމަށްވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަަމަށެވެ.
"ޓީޗަރުންގެ ފެންވަރި މަތިކުރުމަށާ ހޭލުންތެރިކުރުވުމަށް ޗައިނާގެ ސްކޫލުތަކުން 70 އިންސައްތަ ޕްރޮގްރާމް ހިންގާއިރު ބެލެނިވެރިންނަށް ހަމަ އެފަދަ 30 އިންސައްތަ ޕްރޮގްރާމް ހިންގާނެ." ކަމަށްވެސް ޑރ. ޝަމީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ