އެޗްއާރުސީއެމްގެ މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި އެވެ.
އެޗްއާރުސީއެމްއިން ލިޔުނު ރިޕޯޓެއްގައި ޖުވެނައިލް ކޯޓާ މެދު ޢާންމުން ދެކޭގޮތް ބަދަލުވާނެ ފަދަ ވާހަކަ ތަކެއް ލިޔެފައި ވާ ކަމަށް ބުނެ އެ ކޮމިޝަނުގެ މެންބަރުން ޖުވެނައިލް ކޯޓަށް ވެސް މީގެކުރިން ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.
އެހެންކަމުން މިއީ އެޗްއާރުސީއެމްގެ މެންބަރުން ކޯޓަކަށް ހާޒިރުކުރާ ދެވަނަ ފަހަރެވެ.
"ވަގުތަށް" އެނގިފައިވާ ގޮތުގައި އެޗްއާރުސީއެމްގެ މެންބަރުން މިމަހުގެ 22 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ހާޒިރުވުުމަށް ޗިޓް ފޮނުވާފައިވަނީ މިއަދުގެ ވަގުތެއްގައި އެވެ.
އެޗްއާރުސީއެމްގެ އޮފިޝަލަކު ވިދާޅުވީ ސުޕްރީމް ކޯޓަށް ހާޒިރުވާން އަމުރު ކުރީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް ސާފު ނުވާ ކަމަށެވެ.
"ފުރަތަމަ އެންގީ މިއަދު މެންދުރުފަހު 1:45 އަށް ހާޒިރުވުމަށް، އެކަމަކު ހުރިހާ މެންބަރުން ރަށުގައި ނޫޅުއްވާތީ މިވަގުތު ރަށުގައި ނޫޅުއްވާތީ ފަސްކުރަން އެދުމުން ފަސްކޮށްދިނީ މި މަހުގެ 22 ވަނަ ދުވަހަށް ، ޗިޓު ފޮނުވާފައިވަނީ ހުރިހާ މެންބަރުން ކޯޓަށް ހާޒިރުވާން ޖެހޭނެ ކަމަށް ބުނެ." އޮފިޝަލް ވިދާޅުވި އެވެ.
އެޗްއާރުސީއެމްގެ މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގާފައިމިވަނީ އެކޮމިޝަނުން ތައްޔާރުކޮށް އދ. ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ "ޔުނިވާސަލް ޕީރިއޮޑިކް ރިވިއު" (ޔޫޕީއާރު) ރިޕޯޓުގައި ސުޕްރީމް ކޯޓުން ޝަރުއީ ދާއިރާ ކޮންޓްރޯލްކޮށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކޮށްފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ