ރައީސް ޔާމިންގެ ވެރިކަން ހަމައެކަނި ވޯޓުން ނުނިމޭނެކަމަށްށާއި ވޯޓު ލާ ދުވަހު ވޯޓު ލުމަށްފަހު މާލެ އެރުމަށް ކެންދޫދާއިރާގެ މެންބަރު އަލީ ހުސެއިން ގޮވާލައިފިއެވެ.
އަލީ ހުސެއިން މިގޮތަށް ގޮވާލެއްވީ ކުރެއްވި ޓުވީޓްގައެވެ. އަލީ ހުސެއިން ވިދާޅުވިގޮތުގައި ރައީސް ޔާމީންގެ ވެރިކަން ވޯޓަކުން އެކަނި ނުނިމޭނެ ކަމަށާއި ވޯޓުން ބަލި ކުރުމަށްފަހު ހަމަ އެދުވަހު މަގު މައްޗަށް ނުކުމެ އިސްތިއުފާއަށް ގޮވާލަން ޖެހޭ ކަމަށެވެ. "ވޯޓުލާ ނިމިގެން އެންމެން މާލެ އަރަންވާނެ. މިކަން ނިމޭނީ ފިސާރި ކެރިގެން،" އަލީ ހުސައިން ވިދާޅުވެފައިވެއެވެ.
މީގެ ކުރިން ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އެކި ތާރީޚްތައް ދީފައެވެ.
ރިިޔާސީ އިންތިހާބު ސެޕްޓެމްބަރު 23 ވަނަަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް އިބުރާހިމް މުހަންމަދު ސޯލިހު (އިބޫ) ރަނިންމޭޓް ކަނޑައެޅުމަށް ޖޭޕީގައި ނެގި ވޯޓުން އަލީ ހުސެއިން ވަނީ ނާކާމިޔާބު ވެވަޑައިގަންފައެވެ.
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ބަލި ކުރެއްވުމަށް ފަހު ވަނީ ރަނިންމޭޓްގެ ޓިކެޓް ހާސިލް ކުރެއްވީ ފައިސަލް ނަސީމަށް މަރުހަބާ ވިދާޅުވެފައެވެ.
ރަނިންމޭޓްކަން ފައިސަލް ކާމިޔާބު ކުރެއްވީ ޖޭޕީގެ ކައުންސިލްގައި ނެގި ސިއްރުވޯޓް 15 ވޯޓުން ކާމިޔާބު ކުރައްވައިގެންނެވެ. ފައިސަލްއާއި އެންމެ ގާތުން ވާދަ ކުރެއްވި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންއަށް ލިބިލެއްވީ 14 ވޯޓެވެ. ރަނިންމޭޓުކަމުގެ މަޤާމަށް ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ޑރ ހުސައިން ރަޝީދު ޙަސަނަށް 2 ވޯޓު ލިބިލެއްވިއިރު އިރު، ޢަބުދުﷲ އަމީނަށް ލިބިވަޑައިގެންނެވީ 9 ވޯޓެވެ.
ޖުމުހޫރީޕާޓީގެ ކައުންސިލް މެމްބަރުންގެ ތެރެއިން ޖުމުލަ 41 މެމްބަރުން ރަނިންމޭޓް ކަނޑައެޅުމުގެ ވޯޓުގައި ބައިވެރި ވެފައިވެއެވެ.
ވޯޓްލާ ދުވަހު ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ރައްޔިތުން މާލެ އަރަން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ