އުއްތަމަ ފަނޑިޔާރުކަމަށް އަހުމަދު އަބްދުﷲ ދީދީއަށް މަޖިލީހުން ރުހުންދީފި

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
އުއްތަމަ ފަނޑިޔާރުކަމަށް ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމަށް ރުހުންދީފައިވަނީ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 36 މެމްބަރުންގެ ވޯޓުންނެވެ. ރޭގެ ޖަލްސާގައި ބައިވެރި ވަޑައިގެންފައިވަނީ ވެސް ހަމައެކަނި ޕީޕީއެމް އެމްޑީއޭ ކޯލިޝަން އަށް ނިސްބަތްވާ މެމްބަރުންނެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަބްދުﷲ ދީދީ އައްޔަން ކުރަން ޖުޑީޝަލް ސާރވިސް ކޮމިޝަނުން ލަފާދީފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ފަނޑިޔާރުކަން ގެއްލިފައިވުމާއެކު އެ މަގާމު ހުސްވެފައިވުމުންނެވެ.
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ދައުލަތުން ކުރި ދައުވާ ސާބިތުވެ ސްޕްރީމް ކޯޓުން ވެސް އެ ހުކުމަށް ތާއީދު ކުރުމުން އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރުކަން ވެސް ވަނީ ގެއްލިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ