މިސްރުގެ ރިޔާސީ އިންތިހާބު ބޭއްވޭނެ ތާރީހެއް އަދިވެސް ނޭނގޭ: އިލެކްޝަންސް ކޮމިޝަން

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރާކު ވެރިކަމުން ވަކިކުރުމަށްފަހު، މިސްރުގައި ބާއްވާ ފުރަތަމަ ރިޔާސީ އިންތިހާބު ބޭއްވޭނެ ތާރީހެއް އަދިވެސް ނޭނގޭ ކަމަށް މިސްރުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މިސްރުގެ އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ އިންތިހާބާއި ބެހޭ ގަވާއިދުތަކާއި، ޕްރޮސީޖަރ މިއަންނަ މޭމަހުގެ ނިޔަލަށް ނިންމާލެވޭ ވަރު ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ހުސްނީ މުބާރާކު މަގާމުން އިސްތިއުފާ ދިނުމަށްފަހު، މިސްރުގައި ވެރިކަން ކުރަމުންދަނީ އެގައުމުގެ އަސްކަރިއްޔާއިންނެވެ. އަސްކަރިއްޔާއަށް މިސްރުގައި މުޒާހަރާތަކުގެ ސަބަބުން ބޮޑެތި ފިއްތުންތަކަކާއި ކުރިމަތިވެފައިވާއިރު، މިސްރުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ބާއްވާ ނިމި، އާމަޖިލީހުގެ ފުރަތަމަ ސެޝަން ވަނީ ބާއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ