ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގެ ފުރަތަމަ އަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރީ ސްކޫލް ގާއިމްކުރާނެކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލި ދާއިރާގެ މެމްބަރ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ހަފްތާ ބައްދަލުވުން ގެ ނަމުގައި ބާއްވާ ޖަލްސާ ތަކުގެ ތެރެއިން މިރޭގެ ޖަލްސާގައި އެޕާޓީގެ މެނިފެސްޓޯ އިއުލާނުކުރައްވާ ވާހަކަ ދައްކަމުން އެޕާޓީގެ ރިއާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވީ ޖުމުހުރީ ޕާޓީގެ ވެރިކަމެއްގައި، ކުޅުދުއްފުށީ ހޮސްޕިޓަލާއި ސ. ހިތަދޫ ހޮސްޕިޓަލް މާލޭގައި ހުރި ހޮސްޕިޓަލް ތަކާއި އެއް ފެންވަރަށް ހަދާ ނިންމާނެ ކަމަށް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ވެރިކަމާއި ހަވާލުވާތާ ދެވަނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގެ ނަރުދަމާ ނިޒާމް އަޅާނިންމާނެ ކަމަށެވެ.
އަދި ފަސް މާއްދާއިން ފާސްވާ ކޮންމެ ކުއްޖަކަށް އޭނާ ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ފުރުސަތު ހޯދައިދޭނެ ކަމަށް ވެސް ބުނިއެވެ. އަދި ގުރޭޑް އަށަކުން ފެށިގެން ކޮންމެ ކުއްޖަކަށް ލެޕްޓޮޕެއް ދޭނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ޖުމުހުރީ ޕާޓީގެ ވެރިކަމެއްގެ ފުރަތަމަ އަހަރު ހުރިހާ ރަށެއްގައި ޕްރީ ސްކޫލް ގާއީމު ކުރާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ