ރާބިތަތުލް އާލަމުލް އިސްލާމީގެ ބައްދަލުވުމަކަށް ކުރީގެ ރައީސް މައުމޫނު މައްކާއަށް

ރާބިތަތުލް އާލަމުލް އިސްލާމީގެ ތައުސީސް މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު މައްކާއަށް ފުރާވަޑައިގެންފިއެވެ.
މައުމޫނު މައްކާއަށް ފުރާވަޑައިގެންފައިވަނީ، ކާފަ ދަރިކަލަކު ލިބިވަޑައިގެންނެވުމާއި ގުޅިގެން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އުޅުއްވަމުން ސިންގަޕޫރުންނެވެ.
މިބައްދަލުވުމުގައި ބައިވެރިވެވުމަށް ފޯމާ ޕްރެޒިޑެންޓް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ އާދަމް ނައީމާއި ރާބިތާ މާލޭ އޮފީހުގެ މުދީރު އަބޫބަކުރު އަލީ ވެސްވަނީ މައްކާއަށް ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ