އައްޑޫ ސިޓީ މީދޫގައި ހިންގަމުން އަންނަ ޝަމްސުއްދީން ސްކޫލް ބަންދުކުރާތީ އެރަށު މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ އައްޑޫގެ ބައެއް ސްކޫލްތައް ހިންގަން ގެންނަ ބަދަލުތަކުގެ ތެރޭގައި ޝަމްސުއްދީން ސްކޫލް އުވާލާ އެސުކޫލު ކުދިން ސ. އަތޮޅު މަދަރުސާއަށް ބަދަލުކުރަން ނިންމާފައެވެ.
އެކަމާ ގުޅިގެން ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން ބުނީ ކިޔަވާ ކުދިންގެ އަދަދު މަދު ކަމަށް ބުނެ ސްކޫލު ބަންދުކުރުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.
ނާސަރީން ފެށިގެން ގްރޭޑު ހަޔަކާ ހަމައަށް ޝަމްސުއްދީން ސްކޫލުގައި ކިޔަވައިދެމުން އަންނައިރު އެތަނުގައި 210 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.
އެކަމާ ގުޅިގެން އައްޑޫ ސީޓީގެ މޭޔަރު އަބްދުﷲ ސޯދިގު ސީއެންއެމްއަށް ވިދާޅުވީ ހުޅުދޫ ސްކޫލާއި ޝަމްސުއްދީން ސްކޫލު އަދި ސ އަތޮޅު މަދޮރުސާ، އެއްކޮށްލުމަށް މަޝްވަރާ ކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.
އެގޮތުން ތިން ސްކޫލުގައި ކިޔަވާ ކުދިންގެ އަދަދު އެއްކޮށްލުމުން ވެސް 600 ދަރިވަރުން ހަމަ ނުވާކަން ފާހަގަކުރައްވާ ސޯދިގު ވިދާޅުވީ ދަރިވަރުންގެ އަދަދު މަދުވުމުގެ ސަބަބުން އެންމެ ރަނގަޅު ފެންވަރެއްގައި ތައުލީމު ނުދެވޭ ކަމަށެވެ.
"އެތިން ސުކޫލު އެއްކޮށް ކިރިޔާ 600 ހަމައެއް ނުވޭ، އެހެންވީމަ އަސްލު އެންމެ ރަނގަޅު ގޮތުގައި ސުކޫލު ނުއެއް ހިނގާ، ދެން ވަކިވަކިން އޭލެވެލް ހިންގަން ބެލިކަމުގައި ވިއަސް ޝަމްސުއްދީނު ސުކޫލާއި ހުޅުދޫ ސުކޫލު އޭލެވެލް ހިންގަން ބެލިއަސް ކުލާހެއް ހަމަވާ ވަރަށް ކުދިން ނުތިބެދާނެ،" ސޯދިގު ވިދާޅުވިއެވެ.
"ޝަމްސުއްދީނު ސުކޫލުގައި ކިޔަވާ ދަރިވަރުން، އެކުދިންގެ ކިޔެވުން ހުއްޓުމަކަށް އަންނަނީއެއް ނޫން، އެކުދިންނަށް އެކުދިންނާއެކު ހޮޅުދޫ ސުކޫލާއެއްކޮށް އިތުރު އެއް ސުކޫލު މިއުފެދެނީ، ހުރިހާ ގްރޭޑަކަށް ކިޔަވައިދެ، އެއް ދަންފަޅީގެ ސުކޫލަކަށް ބަދަލުވެގެން ދަނީ، ދެން ދާއިރު ހުރިހާ ފެލެސިޓީތަކާއެކު ފެށޭއިރު މާ ރަނގަޅަށް އެކުދިންނަށް ތައުލީމު ދެވޭނެ، ދެން ހަމައެއަ އެއްކޮން ގުރޭޑް 12 ނިންމާ ކުދިންނަށް ޔުނިވާސިޓީގެ ފުރުސަތު ދިނުމުގެ ގޮތުން އިސްލާމިކް ޔުނިވާސިޓީގެ ކެންޕަހެއް އެތަނުގެ ހެދުމުގެ ވިސްނުން އޮތީ، ޝަމްސުއްދީނު ސުކޫލުގައި،" ސޯދިގު އިތުރަށް ވިދާޅުވިއެވެ.
ސޯދިގު ވިދާޅުވި ގޮތުގައި ޝަމްސުއްދީނުގައި ސުކޫލު ބަންދުކުރުމަށްފަހު އެ އިމާރާތުގައި އިސްލާމިކް ޔުނިވާސިޓީގެ ފެކަލްޓީއެއް ގާއިމު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
ޝަމްސުއްދީން ސްކޫލް ބަންދުކުރާތީ ކަންބޮޑުވުން ފާޅުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ