ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ޝަރުތުތަކާ އެކު ކްރިމިނަލް ކޯޓުން ދެންމެ ދޫކޮށްލައިފި އެވެ.
ކޯޓުން ގާސިމް މި ދޫކޮށްލީ އޭނާ ބަންދުގައި ބަހައްޓަން މި މަހުގެ ފަސްވަނަ ދުވަހު އެ ކޯޓުން އިތުރުކުރި ހަތަރު ދުވަސް މިއަދަށް ހަމަވާތީ، އަލުން ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުންނެވެ.
ފުލުހުންގެ ހައްޔަރުގައި ގާސިމް ބަހައްޓައިގެން އުޅުނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ނުފޫޒު ފޯރުވުމާއި ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތުގަ އެވެ. މިދިޔަ މަހު 21 ވަނަ ދުވަހުގެ ރޭ ދަންވަރު ފުލުހުން ގާސިމް ހައްޔަރުކޮށް، އޭގެ އަނެއް ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިދިނެވެ.
ގާސިމްގެ ބަންދުގެ މުއްދަތު ޖެހުމަށް މި މަހުގެ ފަސްވަނަދުވަހު ކޯޓަށް ހާޒިރުކުރުމުން، ބަންދުގެ މުއްދަތު އިތުރުކުރަން ފުރަތަމަ ފަހަރު ފުލުހުން ހުށަހެޅި އިންޓެލިޖެންސް ރިޕޯޓް ފިޔަވައި އިތުރު އެހެން މައުލޫމާތެއް މިފަހަރު ހުށަހަޅާފައި ނުވާ ކަމަށް ގާޒީއާ ހަވާލާ ދެއްވައި ގާސިމްގެ ވަކީލުން ވިދާޅުވެފައިވެ އެވެ. އަދި ދެން ބަންދުގެ މުއްދަތު އިތުރުކުރަން ގާސިމް ކޯޓަށް ގެންދާ ނަމަ އިތުރު ހެކި ހުށަހަޅަން ގާޒީ އެންގެވި ކަމަށް ވެސް ވަކީލުން ވިދާޅުވެފައިވެ އެވެ.
ތަފުސީލް އަންނަނީ...
ކޯޓުން ގާސިމް ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ