ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފޭދޫ ދާއިރާ އަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރާ މުހައްމަދު ނިހާދުގެ ކެންޑިޑެސީ ބާތިލްކުރަން އެދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގެންނެވި މިހާރުގެ މެންބަރު އަލްހާން ފަހުމީ ސިވިލް ކޯޓަށް ހުށައެޅުއްވި މައްސަލަ ބެލޭނެކަމަށް އެ ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފިއެވެ.
ހައި ކޯޓުން ދަށު ކޯޓުން ނިންމާފައިވާ ހުކުމަށް ތާއީދުކުރީ އެ ގޮތަށް ނިންމީ އަލްހާން ހުށަހެޅުއްވި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން އެމްޑީޕީން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.
އެމްޑީޕީން އިސްތިއުނާފް ކުރި މައްސަލައިގައި ބުނެފައިވަނީ އަލްހާން އެ މައްސަލަ ކޯޓަށް ހުށައަޅުއްވާފައިވަނީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ފުރިހަމަކުރަން ބުނެފައިވާ ކަންތައް ފުރިހަމަ ނުކޮށް ކަމަށާއި އެހެންކަމުން މި މައްސައަލީ ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށެވެ.
ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ފޭދޫ ދާއިރާގެ ޕްރައިމަރީގެ ނަތީޖާ އިއުލާންކުރިތާ 24 ގަޑިއިރުގެ ތެރޭގައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީގެ އިންތިޚާބާ ބެހޭ ގަވާއިދުން ލިބިފައިވީނަމަވެސް ޕްރައިމަރީގެ ނަތީޖާ އިއުލާން ކުރިތާ ގާތްގަނޑަކަށް 18 ގަޑިއިރު ތެރޭގައި އަލްހާންއަށް ބަޔަކު ހަމަލާ ދިނުމުގެ ސަބަބުން އޭނާއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބިފައިނުވާކަމަށް ބުނެފައިވެއެވެ.
އެހެންކަމުން 24 ގަޑި އިރު ތެރޭގައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޭނާ އަށް ލިބިފައި ނެތްކަމުން ޕްރައިމަރީއާ ގުޅޭ ޝަކުވާ ހުށަނާޅައި އަލްހާން ދޫކޮށްލީ ކަމަށް ނުބެލެވޭނެ ކަމަށް އެ ހުކުމްގައި ވަނީ ބުނެފައެވެ.
އަލްހާންގެ މައްސަލަ ބެލޭނެކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ