ސެމިނާރ އޮން ނާކޮޓިކްސް ކޮންޓްރޯލް ފޮރ އޭޝިއަން ކަންޓްރީޒްގައި 2 ފުލުހުން ބައިވެރި ވެއްޖެ

އޭޕްރީލް މަހުގެ 8 ން 28 ށް ޗައިނާގެ ޔުނާން ގައި އޮތް ސެމިނާރ އޮން ނާކޮޓިކްސް ކޮންޓްރޯލް ފޮރ އޭޝިއަން ކަންޓްރީޒްގައި 2 ފުލުހަކު ބައިވެރި ވެއްޖެ އެވެ.
މި ސެމިނާރއަކީ ޤައުމުތަކުގައި ހިންގާ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި، މަސްތުވާތަކެތީގެ މައްސަލަތައް ޙައްލުކުރުމަށް ކުރެވެންހުރި ކަންތައްތަކާބެހޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ސެމިނާރ އެކެވެ.
ޗައިނާގެ ޔުނާން ޕޮލިސް އޮފިސަރ އެކަޑަމީން ބޭއްވި މި ސެމިނާރގައި ދިވެހި ފުލުހުންގެ ފަރާތުން ބައިވެރިވީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޑޮކްޓަރ އަޙްމަދު ފަޒްނީން ލަޠީފް އާއި އިންސްޓްރަކްޓަރ އޮފް ޕޮލިސް ފަރީދް އިސްމާޢީލް އެވެ. މިއީ ޗައިނާ ސަރުކާރުން ދިވެފި ފުލުހުންނަށް ދިން ފުރުޞަތެކެވެ.
ދެކުނު އޭޝިޔާ އާއި ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުން 23 މަންދޫބުން ހިމެނޭގޮތަށް ބޭއްވި މިސެމިނާގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ޤައުމުތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ ޙާލަތަށް ބަލައި އެޅިދާނެ ފިޔަވަޅުތަކާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ހިންގާ ޕްރޮގްރާމްތަކާއި އެޕްރޮގްރާމްތައް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތައް ހިމެނެ އެވެ.
މީގެ އިތުރުން މަސްތުވާ ތަކެތީގެ މައްސަލަތައް މަދުކުރުމަށް ހިންގާ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާބެހޭގޮތުންވެސް ޤައުމުތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ