ޓުއަރިޒަމް ދާއިރާގެ ޕްރޮޖެކްޓްތަކަށް 200 އަށްވުރެ ގިނަ ޕްރޮޖެކްޓްގެ އެއްބަސްވުން އެބަ އަންނަ ކަމަށް ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޓުއަރިޒަމް ދާއިރާއިން 8،000 މީހުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި ށ.މިލަންދޫ ކައުންސިލް އިން އިސްނަގައިގެން ށ.އަތޮޅު މީހުން ހޯދައިދިނުމަށް މިލަންދޫ ކައުންސިލް އާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ޓުއަރިޒަމް މިނިސްޓްރީއާއި މެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަލަށް ފަށަން އުޅޭ 200 ޕްރޮޖެކްޓަކީ މިހާރުގެ އޮތް 100 ރަށުގެ އިތުރުން އަލަށް ފަށާ ޕްރޮޖެކްޓްތަކެއް ކަމަށެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ އަލަށް ފެށޭ ޕްރޮޖެކްޓްގެ ކޮންޓްރެކްޓްތަކާއެކު ގިނަ ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށެވެ. އަދި އެ ވަޒީފާގެ ފުރުސަތު ހުޅުވިގެންދާއިރު އެތަނަށް ބޭރުގެ ފަރާތްތަކުންވެސް ބޭނުންވަނީ ދިވެހި މުވައްޒިފުން ކަމަށް ޒަމީރު ވިދާޅުވިއެވެ.
"މީން އެއްވެސް ރިސޯޓެއްގަ އަޅުގަނޑުމެން މިހިރަ ވަޒީފާތަކަށް އަސްލު ބޭރު މީހުން ބޭނުމެއް ނުވޭ. ދިވެހިން ވެއްޖެނަމަ އެއްގޮތަކީ ހަރަދުކުޑަވުން. އަނެއް ކަމަކީ އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގައި ދިވެހިންނަކީ އޭގެ ޒާތުގައި ވަޒީފާއަކަށްގޮސް ރަނގަޅަށް ޕާފޯމްކޮށްފި ކަމަށްވެއްޖާ ވަރަށް އާދަޔާ ހިލާފް ނަތީޖާ ނެރޭ ބައެއް،" މިނިސްޓަރު ވިދާޅުވިއެވެ.
ގިނައިން ދިވެހިން ވަޒީފާއަށް ބޭނުންވި ނަމަވެސް ތަމްރީން ކޮށްފައިވާ ފަރާތްތައް ލިބޭލެއް މަދުވާ ކަމަށް ޒަމީރު ވިދާޅުވިއެވެ. އެހެން ކަމުން މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ވަރަށް ފައިދާ ވެގެންދާނެ ކަމަށްވެސް ޒަމީރު ވަނީ ވިދާޅުވިއެވެ.
ޓޫރިޒަމް ދާއިރާގެ 200 އަށްވުރެ ގިނަ ޕްރޮޖެކްޓް އެބަ އާދޭ - ޒަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ