"ލާރާ ކްރޯފްޓް"ގެ ރޯލުން އެލިސިއާ ވިކާންދަރު ފެނިގެންދާ "ޓޫމްބް ރެއިޑާ" އާ ފިލްމު 2018 ގައި ރިލީޒްކުރުމަށް ނިންމައިފިއެވެ.
ވޯނާރބްރޯސް އިން ނެރޭ ޓޫމްބް ރެއިޑާ ސިނަމާތަކަށް އަންނާނެ ކަމަށް ބުނެފައިވަނީ 2018 ވަނަ އަހަރުގެ މާޗު 16 ގައި ކަމަށް ވަނީ ހާމަކޮށްފައެވެ.
ލާރާ ކްރޯފްޓްގެ ރޯލަށް އެލިސިއާ ހަމަޖައްސާ އެކަންތައް އިއުލާންކޮށްފައިވަނީ މިދިޔަ އޭޕްރިލްގައެވެ.
އާކިއޮލޮޖިސްޓް- އެޑްވެންޗާގައި ލާރާ ކްރޮފްޓްގެ ފިލްމުތައް ހަގީގަތުގައި މަގުބޫލުކަން ހޯދާފައިވަނީ މީގެކުރިން އެ ކެރެކްޓަރުގެ ރޯލުން ފެނިގެން ގޮސްފައިވާ އެންޖެލީނާ ޖޯލީގެ ސަބަބުންނެވެ. އެގޮތުން އޭނާ ވަނީ ޓޫމްބް ރެއިޑާގެ ދެ ފިލްމުން ފެނިގެންގޮސްފައެވެ.
ޓޫމްބް ރެއިޑާ ގޭމުގެ މައްޗަށް ބިނާކޮށް މިހާތަނަށް ދެ ފިލްމެއް ވަނީ ރިލީޒްކޮށްފަ އެވެ. އެއީ 2001 ވަނަ އަހަރު ނެރުނު "ލާރާ ކްރޮފްޓް: ޓޫމްބް ރެއިޑާ" އަދި 2003 ވަނަ އަހަރު ނެރުނު "ލާރާ ކްރޮފްޓް ޓޫމްބް ރެއިޑާ: ދަ ކްރޭޑަލް އޮފް ލައިފް" އެވެ. އެ ދެ ފިލްމުގައި ވެސް ލާރާ ކްރޮފްޓުގެ ރޯލު ކުޅެފައި ވަނީ އެންޖަލީނާ ޖޯލީ އެވެ.
ލާރާ ކްރޮފްޓްގެ ރޯލު ކުޅުމަށް މީގެ ކުރިން ޑެއިޒީ ރިޑްލީ، އެމީލިއާ ކްލާކް، ކާރާ ޑީލެވީން އަދި ޖެމާ އާޓަޓަންއާ ފަދަ ހޮލީވުޑްގެ ތަރިންނާ ވަނީ މަޝްވަރާކޮށްފައެވެ.
އެލިސިއާގެ "ޓޫމްބް ރެއިޑާ" ނެރޭނީ 2018 ގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ