ވޯލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް
ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ތަރައްގީ ފުޅާކޮށް, މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭން ނިންމައިފި އެވެ.
އެ އެހީ ރާއްޖެއަށް ދޭން ވޯލްޑް ބޭންކުން ނިންމީ, އެތަނުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން ރޭ ބޭއްވި ބައްދަލުވުމެއްގައެވެ. ވޯލްޑް ބޭންކުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ, އެ އެހީ ދޭން ނިންމި މައިގަނޑު ބޭނުމަކީ:
ވޯލްޑް ބޭންކުން ބުނީ, ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފުޅާވެފައިވީ ނަމަވެސް، އަތޮޅުތަކުގައި އަތްފޯރާ ފަށުގައި އަދި ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ލިބުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
އަދި ގާނޫނީ ނިޒާމުގައި ހުރި ފަރަގުތަކުގެ އިތުރުން، ޑިޖިޓަލް އިންފްރާސްޓްރަކްޗާ އާއި ޕްލެޓްފޯމްތަކުގައި ހުރި ފަރަގުތަކުގެ ސަބަބުން ދިވެހިންނަށް އިންޓަނެޓުގެ ބޭނުން ހިފައި، ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ގިނަ ހިދުމަތްތަކެއް ރައްކާތެރިކަމާ އެކު ލިބިގަތުމަށް ދަތިވެފައިވާ ކަމަށްވެސް ބުންޏެވެ.
އެތަނުން ބުނީ, އަލަށް ފަށާ ‘ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން ޕްރޮޖެކްޓް’ގެ ދަށުން ވޯލްޑް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން:
“މި މަޝްރޫއުގެ ސަބަބުން މިހާރަށްވުރެ ރައްކާތެރި އަދި ޒާތީ މައުލޫމާތުގެ ސިއްރުކަން ދެމެހެއްޓޭނެ އައިޑެންޓިފިކޭޝަން ނިޒާމުތަކާ އެކު، އިންޓަނެޓް މެދުވެރިކޮށް އިތުރު އަދި އަގުހެޔޮ ހިދުމަތްތައް ފޯރުކޮށްދެވޭނެ،” މި މަޝްރޫއުގެ ކޯ-ޓާސްކް ޓީމް ލީޑަރު ޖެރޯމް ބެޒީނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ މިންވަރު ދެނެގަނެ، ޑްރޯން ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކުރުމާއި ޑޭޓާ އަލުން ބޭނުންކޮށްގެން، ގުދުރަތީ ވަސީލަތްތައް މެނޭޖްކުރުމާއި މުރަކަ ފަރުތައް ފަދަ ނާޒުކު ވަސީލަތްތައް ހިމާޔަތްކުރުމުގައި ސަރުކާރާއި ވިޔަފާރިތަކަށް މިހާރަށް ވުރެ ބޮޑަށް އިލްމީ ނިންމުންތައް ނިންމުމަށް މަގުފަހިކޮށްދީ، ޑޭޓާ އާއި އެނަލިޓިކްސް ރަނގަޅުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އިންޓަނެޓް ފުޅާކޮށް، ރައްކާތެރި ޑިޖިޓަލް އައިޑީ ގާއިމުކުރަން ވޯލްޑް ބޭންކުން 10 މިލިއަން ޑޮލަރުގެ އެހީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ