ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަގުތުން މިނިވަންކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.
މައުމޫން މިކަމަށް ގޮވާލެއްވީ ގާަސިމް އިބްރާހީމް މިރޭ ކުއްލި ގޮތަކަށް ހައްޔަރުކުރުމާ ގުޅިގެން މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.
މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ގާސިމް އިބްރާހީމް ހައްޔަރުކުރުމުން ކުއްލި ސިހުމެއް ލިބިވަޑައިގެންނެވި ކަމަށެވެ.
މިވަގުތު އިންޑިއާގައި ހުންނެވި ރައީސް މައުމޫންގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ ގާނޫނުގެ ބާރު ދަމަހައްޓަން ޖެހޭ ކަމަށެވެ.
ގާސިމް އިބްރާހީމް ހައްޔަރުކުރުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެކަން ކުށްވެެރިކުރައްވާފަ އެވެ.
ގާސިމް އިބްރާހީމް ހައްޔަރުކުރުމާއި ގުޅިގެން ދިވެހި ރައްޔިތުން މަގުތަކަށް ނިކުމެ އެކަމާ ދެކޮޅަށް އިހްތިޖާޖު ކުރުމަށްވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.
ގާސިމް އިބްރާހީމް ހައްޔަރުކޮށްފައި މިވަނީ އެމަނިކުފާނާ ކުރީގެ ދެ ރައީސުން ކަމުގައިވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޝައިހް އިމްރާން އަބްދުﷲ އެއްބަސްވުމެއްގައި ސޮއިކުރައްވާ މިސަރުކާރު ޒިންމާދާރުކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ވަގުތެއްގަ އެވެ.
ގާސިމް ވަގުތުން މިނިވަންކުރަން މައުމޫން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ