މެޖިސްޓްރޭޓަކު މައްސަލައެއް ބެލުމުން ތަނާޒުލްވެއްޖެ ނަމަ (ދުރުވެއްޖެ ނަމަ) އެ މައްސަލައެއް ބެލުމަށް އެހެން މެޖިސްޓްރޭޓަކު ހަމަޖައްސަން އެދި ލިޔަންޖެހޭނީ ސުޕްރީމް ކޯޓަށް ކަމަށް އެ ކޯޓުން އަންގައިފި އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް އަންގާފައިވަނީ މެޖިސްޓްރޭޓުން މައްސަލަތައް ބެލުމުން ތަނާޒުލްވުމުން އެ މައްސަލަތައް ބަލަން އެހެން މެޖިސްޓްރޭޓަކު ހަމަޖައްސައި ދޭން އެދި މެޖިސްޓްރޭޓް ކޯޓުތަކުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލިޔަމުންދާތީ އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު އާންމު ސިޓީއެއްގަ އެވެ.
އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ އެ ސިޓީގައިވަނީ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ އިސް ފަރާތަކީ އެ ކޯޓު ކަމަށްވާއިރު ފަނޑިޔާރުން މައްސަލަތައް ބެލުމުން ތަނާޒުލްވުމުން އެ މައްސަލަތައް ބަލަން އެހެން ފަނޑިޔާރުން ކަނޑައެޅުމަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއް ކަމަށް 2011 ގައި އެ ކޯޓުން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވާނެ ކަމަށެވެ.
އެހެންވެ އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުން ވެސް މައްސަލައެއް ބެލުމުން ތަނާޒުލްވެއްޖެ ނަމަ އެ މައްސަލައެއް ބަލަން އެހެން މެޖިސްޓްރޭޓަކު ހަމަޖައްސައިދޭން އެދެންޖެހޭނީ ސުޕްރީމް ކޯޓުގައި ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒުގެ ހުސައިން ސޮއި ކުރައްވާ ނެރެފައިވާ އެ ސާކިއުލާގައިވެ އެވެ.
އިސް މެޖިސްޓްރޭޓުން ޗުއްޓީއަށް ދިއުމުގެ ހުއްދައަށް އެދެންޖެހޭނީ ވެސް ސުޕްރީމް ކޯޓުގައި ކަމަށް އެ ކޯޓުން ވަނީ މީގެ ކުރިން އަންގައިފަ އެވެ.
މެޖިސްޓްރޭޓުން މައްސަލަތަކުން ތަނާޒުލްވެއްޖެ ނަމަ ސުޕްރީމް ކޯޓަށް ލިޔަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ