އެމް.އެން.ޑީ.އެފް އިން "ހެސަ ވާދަ 2018" ބޭއްވުމަށް ނިންމައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ހެސަ ވާދަ 2018 ގެ ނަމުގައި މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.އެމް.އެން.ޑީ.އެފްއިން ބުނީ މި މުބާރާތަކީ ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެއްކަމަށާއި މި މުބާރާތުގައި ދިވެހިން ޒަމާނުއްސުރެ ކުރަމުން އައި މަސައްކަތްތަކާއި ހަށިހެޔޮކަން ދެމެހެއްޓުމާ ގުޅުންހުރި ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށެވެ. އަދި މި މުބާރާތް ބޭއްވުމުގެ މަޤްސަދަކީ ދިވެހި ޡަޤާފަތާއި އާދަކާދަ ދިރުވައި އާލާކުރުންކަމަށްވެސް އެމް.އެން.ޑީ.އެފުން ވަނީ ބުނެފައެވެ.
ފޮޓޯ: އެމް.އެން.ޑި.އެފް
މި މުބާރާތުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ ޗެލެންޖްތަކުގެ ތެރޭގައި ދުވުމާއި، ތަންޑިޔާ އުފުލުމާއި، ދޯނި އެހެލުމާއި، ގަސްކެނޑުމާއި، ރުކަށް އެރުމުގެ އިތުރުން ވަޅުދިޔަ ހިއްކުމާއި، ލަނބުރާން ޖެހުމާއި، ލަނބުރާން ތިރިކުރުން ފަދަ ޗެލެންޖްތައް ހިމެނެއެވެ. އަދި މީގެ އިތުރުން އިތުރު ޗެލެންޖްތައްވެސް ކުރިއަށް ދާނެކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ. މި މުބާރާތުގައި މިހާތަނަށް ސަތާރަ ޔުނިޓެއް ބައިވެރިވެފައިވާއިރު ޚާއްސަ ރަސްމިއްޔާތަކާއެކު އަންނަ ހުކުރު ދުވަހު މި މުބާރާތް ފަށާނެކަމަށް އެމް.އެން.ޑީ.އެފްއިން ބުނެއެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22ވަނަ ދުވަހުން ފެށިގެން މި މަހުގެ 28ވަނަ ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މީގެ އިތުރުން މި މުބާރާތް ކުރިއަށްދާ ގަޑިތަކުގައި އާންމުންނަށް މުބާރާތް ބެލުމަށް ހުޅުވާލެވިފައިވާކަމަށްވެސް އެމް.އެން.ޑީ.އެފުން ބުނެއެވެ.
އެމްއެންޑީއެފް
އިދުހާމް ނައީމް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
އައްޑޫ ރައްޔިތުން އަތުން ނެގި ގޯތި އެފަރާތްތަކާ ހަވާލުކުރަން އަންނަ ހަފްތާގައި ފަށާނެ- ޑރ. މުޢިއްޒު
7 މިނެޓް ކުރިން
އެމް.އެން.ޑީ.އެފް އިން "ހެސަ ވާދަ 2018" ބޭއްވުމަށް ނިންމައިފި
8 މިނެޓް ކުރިން
ވިންޓަރ ތީމް ޕާކު އާއްމުންނަށް ހުޅުވައިފި
8 މިނެޓް ކުރިން
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ދިން ވަގުތު އިތުރުކޮށްފި
8 މިނެޓް ކުރިން
އީސީސީގައި ތަރައްޤީކުރާ ޓާޝަރީ ހޮސްޕިޓަލް ހުޅުވިގެންދާނީ ގިނަ ޚިދުމަތްތަކާއެކު: މިނިސްޓަރ ނާޒިމް
8 މިނެޓް ކުރިން
މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 10.6 އިންސައްތަ އިތުރުވެއްޖެ
5 ގަޑި ކުރިން
ޗައިނާއިން ލޯން ނަގަނީ، ޗައިނާއިން ލޯން ދިނުމުގެ ގާބިލްކަން ހުރުމުން- މިދުއަމް
16 ގަޑި ކުރިން
ބްރެޒިލްގެ ފަރިތަކުރުންތަކުގެ ތެރޭގައި ނޭމާ އަށް އަނިޔާވެއްޖެ
5 ގަޑި ކުރިން
އެންމެ އިސްކަން ދެއްވަނީ ޤައުމުގެ ތަރައްޤީއަށް: ރައީސް ޔާމީން
8 ގަޑި ކުރިން
ދެކުނު އެމެރިކާގެ ޓީމެއް ބަލިކުރި ފުރަތަމަ އޭޝިއާ ގައުމުގެ މަގާމު ޖަޕާނަށް
5 ގަޑި ކުރިން
ފްލައިބޯޑް ވޯލްޑް ޗެމްޕިއަންޝިޕްގެ ފަސްވަނަ ޔައިޝް ހޯދައިފި
5 ގަޑި ކުރިން
ނަޝީދާއި ގާސިމް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި
20 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ