ހުސްވެފައިވާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމަށް، ރައީސް އަބްދުﷲ ޔާމީންނަށް ލަފާ ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ފާސްކޮށްފި އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް އެމަގާމު ގެއްލިފައިވަނީ، އެ ދެބޭފުޅުންގެ މައްޗަށް، ދަށު ކޯޓުގެ ގާޒީން ތަކަކަށް ނުފޫޒު ފޯރުވި ކަމަށް ސާބިތުވެ، އިސްތިއުނާފް މަރުހަލާ މިދިޔަ ހަފްތާގައި ނިންމުމާއި އެކު އެވެ. ގާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ނަންތަކުގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ ބޭފުޅުންނެވެ.
ޖޭއެސްސީން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އަހުމަދު އަބްދުﷲ ދީދީ އައްޔަންކުރަން ލަފާ ދޭން ނިންމާފައި ވާއިރު ދިރާސާ ކުރުމަށް, ރައީސް މަޖިލީހަށް ފޮނުއްވާ ނަމާ ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ނިންމުމުން ހަތް ދުވަހުގެ ތެރޭގައި ފަނޑިޔާރު ކަމުގެ މަގާމަށް އެ ބޭފުޅަކު އައްޔަންކުރަން ޖެހޭނެ އެވެ. ސުޕްރީމް ކޯޓުގައި ތިބެން ޖެހެނީ އުއްތަމަ ފަނޑިޔާރާއެކު ފަސް ފަނޑިޔާރުންނެވެ
އުއްތަމަ ފަނޑިޔާރަކަށް ޑރ. އަހުމަދު އަބްދުﷲ ދީދީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ