ރައީސް ނަޝީދުގެ 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުގައި ރިވިއު ކުރުމުން، އެ މައްސަލަ ބަލައި، އެމަނިކުފާނުގެ މައްޗަށް ކުރި ހުކުމަކީ ބާތިލު ހުކުމެއް ކަމަށް މިއަދު ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ. ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލަ ސާބިތުވުމުންނެވެ. އެ ހުކުމް ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުންނެވެ. އެ މައްސަލަ ބަލައި ނިމެންދެން ނަޝީދުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރު ނެރެފަ އެވެ. ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2015 އަހަރުއެވެ. ޖަލު ބަންދުގައި ގިނަ ދުވަސްތަކެއް ހުރުމަށް ފަހު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެން ނަޝީދު ހުންނެވީ އިނގިރޭސިންގެ ހިމާޔަތް ހޯދަވައިގެންނެވެ. ގިނަ ދުވަސްތައް ނަޝީދު ހޭދަ ކުރެއްވީ ސްރީލަންކާގެ ކޮލަމްބޯގައެވެ. ނަމަވެސް، އެމަނިކުފާނުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް އަމުރު ކުރުމުން، އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އިތުރު ތަފްސީލު އަންނަނީ......
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ