ކޮޅިގަނޑުގެ ބާރު ދަނީ ގަދަވަމުން، ހަވީރު ރާއްޖެއަށް އަސަރު ކުރަން ފަށާނެ: މެޓް

ރާއްޖެ ކައިރީ އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު މިއަދު ހަވީރުން ފެށިގެން ރާއްޖެއަށް ކުރަން ފަށާނެކަމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިލަކް ސަރވިސް[މެޓް އޮފީހުން] ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ދަނީ އިތުރަށް ބާރުގަދަވަމުންކަމަށެވެ.
އަދި މިއަދު ހަވީރުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެން ދާނެކަމަށް ބެލެވޭ ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.
މީގެއިތުރުން 'ބުރެވި' ތޫފާން މިހާރު ހުރީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު އިރު ދެކުނު ގާތްގަނޑަކަށް 200 ކިލޯ މީޓަރު ދުރުގައި ކަމަށާއި، މި ތޫފާން އިތުރަށް ބާރުގަދަވެ، އައްސޭރިފަށަށް ކައިރި ވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ