2018 ގައި ޖޭޕީގެ ޓިކެޓްގައި ވާދަ ކުރުން އެކަށީގެންވޭ - އުމަރު ނަސީރު

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައި ނުގެންފިނަމަ ރިޔާސީ ރޭހަށް ޖޭޕީގެ ޓިކެޓުގައި ނުކުތުމަކީ އެކަށީގެންވާ ކަމެއްކަމުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސިޔާސީ ވާދަވެރިކަމުގައި، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ކަމުގައިވާ ޕީޕީއެމް ދެބައިވެފައިވާ ދަނޑިވަޅެއްގައި، އުމަރު ނަސީރު މިހެން ވިދާޅުވީ ވާނުވާ ނޫހުން ކުރިި ސުވާލަކަށް ޖަވާބު ދެމުންނެވެ.
އުމަރު ވިދާޅުވީ ޕީޕީއެމްގެ ޓިކެޓް ލިބިވަޑައި ނުގެންފިނަމަ އަމިއްލަގޮތުން ނޫންނަމަ ޖޭޕީގެ ޓިކެޓުގައި ނިކުތުމަކީ ވެސް އެކަށީގެންވާ ކަމެއްކަމުގައެވެ. އަދި އަމިއްލަ ގޮތުން ވާދަކުރައްވައިގެން ވިއަސް އިންތިހާބް ކާމިޔާބު ކުރައްވާނެ ކަމަށެވެ.
މިދަނޑިވަޅަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ޕުރައިމަރީއަކާ ނުލައި ރައީސް ޔާމީންއަށް ދިނުމަށް އެދި އެޕާޓީގެ ކައުންސިލް މެމްބަރުންތަކެއް ޕެޓިޝަނެއް ތައްޔާރުކުރެއްވިކަމަށް އަޑުފެތުރިފައިވާ ދަނޑިވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ