ހާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި 77 އަހަރުގެ މީހަކު ހައްޔަރުކޮށްފި ހާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި 77 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ހއ. ހޯރަފުށީ ހާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ތުހުމަތުގައި އުމުރުން 77 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ޕޮލިހުން އަދި ބަހެއް ނުބުނެ އެވެ.
އިތުބާރު ހުރި މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ދިން ގޮތުގައި މި މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރު ކުރީ ފ. މަގޫދޫ މީހެކެވެ.
އޭނާ ހައްޔަރު ކުރީ މައްސަލަ ފެންމަތިވެ، އަންހެން ކުއްޖާގެ އާއިލާގެ ފަރާތުން ޕޮލިހަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް، ފުރަން ވެގެން ހަނިމާދޫ އަށް ގޮސް ހުއްޓައި އިއްޔެ ހެނދުނު އެވެ.
އެ މީހާއަކީ މި ސަރުކާރުގެ ވެރިއެއްގެ ބައްޕަ ކަމަށް އަދަދު ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ.
މި މައްސަލަ ޕޮލިހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ