ޗައިނާގެ އެހީގައި ވިލިނގިލީގައި އަޅާ 112 އެނދުގެ ހޮސްޕިޓަލްގެ ޑިޒައިން މަސައްކަތް ފަށައިފި ޗައިނާގެ އެހީގައި ވިލިނގިލީގައި އަޅާ 112 އެނދުގެ ހޮސްޕިޓަލްގެ ޑިޒައިން މަސައްކަތް ފަށައިފި

ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި އަޅާ 112 އެނދުގެ ޑިޒައިން މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ޗައިނާ ސަރުކާރާއެކު ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު، އަބްދުالله މުއްތަލިބު އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގް ޝިއަންހު އެވެ.
އެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު، އަބްދުالله ނާޒިމް ގެ އިތުރުން ޗައިނާ ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އައު ހޮސްޕިޓަލު އެޅުމަށް ހަމަޖެހިފައިވަނީ މިހާރު ވިލިމާލޭގެ ހޮސްޕިޓަލް ހިންގާ ބިމުގަ އެވެ. ނަމަވެސް، އެކަށީގެންވާ ޖާގަ ނުލިބޭ ނަމަ، ޓާޝަރީ ހޮސްޕިޓަލް އަޅާނީ ވިލިމާލެ ހޮސްޕިޓަލް މިހާރު ހިންގާ އިމާރާތް ތަޅައިލުމަށް ފަހު ކަމަށް ސަރުކާރުން މީގެކުރިން ބުނެފައިވެ އެވެ.
ވިލިމާލޭގައި އަޅާ ހޮސްޕިޓަލުގެ ދިރާސާތައް ނިންމައި އެ ދިރާސާތަކުގެ ހޯދުންތައް ޗައިނާ ސަރުކާރުން ދިވެހި ސަރުކާރާ ހަވާލު ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު 17، ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ