ޓްރީ ޓޮޕުން 'ޕީސް ޓުގެދާ ރަން'ގައި ސިއްހީ އެހީތެރިކަން ފޯރުކޮށްދީފި

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ 'ޕީސް ޓުގެދާ ރަން'ގެ މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެ ސްކޫލުގެ ގްރޭޑް 10ގެ ދަރިވަރުން
އިންތިޒާމުކޮށްގެން މި މަހުގެ 17 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވި މި ދުވުމަކީ އެ ދަރިވަރުންގެ އޯލެވެލް ބިޒްނަސް
ޕްރޮޖެކްޓްގެ ދަށުން އިންތިޒާމްކުރި ހަރަކާތެކެވެ.
މި ދުވުމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންނަށް ހަރަކާތެއް ރޭވުމާއި މާކެޓްކުރުމާއި އަދި އިވެންޓް ކުރިއަށް ގެންދިއުމުގެ ތަޖުރިބާ ހޯދައިދިނުމެވެ.
ޓްރީ ޓޮޕުން ބުނީ މިފަދަ ތައުލީމީ މަގުސަދެއް ހާސިލުކުރުމަށް ބާއްވާ ހަރަކާތްތަކަށް އެހީތެރިވުމަށް އެ ހޮސްޕިޓަލުން އިސްކަންދޭ ކަމަށެވެ.
މި ދުވުމުގެ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެ ޓްރީ ޓޮޕުން ވަނީ ދަރިވަރުންނަށް ސިއްހީ ދުޅަހެޔޮކަމާއި ގުޅޭ މައުލޫމާތު
ފޯރުކޮށްދީ، ސިއްހީ ދާއިރާއަށް ޝައުގުވެރިވާ ދަރިވަރުންނަށް ޓްރީ
ޓޮޕް ހޮސްޕިޓަލަށް ޒިޔާރަތްކޮށް މަސައްކަތް ބަލައިލުމުގެ ފުރުސަތު ވެސް ދީފަ އެވެ.
މި ދުވުމުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން މެޑިކަލް ޕާޓްނަރެއްގެ
ގޮތުގައި ބައިވެރިވެ، ދުވުމުގެ މެޑިކަލް ސަޕޯޓް ފޯރުކޮށްދިނުމުގެ އިތުރުން އިމަޖެންސީ
ހާލަތަށް އެހެނިހެން އެހީތެރިކަން ވެސް ފޯރުކޮށްދީފައިވެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި
އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. 
ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ
އާ ހިދުމަތްތައް ތައާރަފުކޮށް، ދިވެހިން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން
ދާން ޖެހޭ ސަބަބުތައް މަދުކޮށް ސިއްހީ ހިދުމަތުގެ ހަރަދުތައް
ކުޑަކުރުމެވެ.
އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާ އެކު، ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާ އެކު އެ ހޮސްޕިޓަލުގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ސިއްހީ ގިނަ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ