މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ

ވެރިރަށް މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެއެވެ.
ސްޓެލްކޯ އިން ބުނީ، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހެންވޭރު ލޮނުޒިޔާރަތް މަގު، ޖަނަވަރީ ހިނގުން، ބުރުޒު މަގު އަދި ކަލާފާނު ހިނގުން ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 އިން 16:00 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.
”ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން.“
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހެންވޭރު ލޮނުޒިޔާރަތް މަގު، ޖަނަވަރީ ހިނގުން، ބުރުޒު މަގު އަދި ކަލާފާނު ހިނގުން ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 އިން 16:00 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް. ދިމާވާނެ ދަތިތަކަށް… pic.twitter.com/caDMg0N02q
— STELCO (@STELCOMALDIVES) February 8, 2024
ސްޓެލްކޯ އިން ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ދޭތެރެ ދޭތެރެއިން މާލޭގެ އެކި ހިސާބުތަކުން މަދު ވަގުތުކޮޅަކަށް ކަރަންޓުގެ ޚިދުމަތް ކަނޑާލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ