އެފްޑީސީން އާ ލޯގޯއެއް ތައާރަފުކޮށްފި

ފަހި ދިރިއުޅުން ކޯރޕަރޭޝަން ލިމިޓެޑް އެފްޑީސީ) އިިން އާ ލޯގޯއެއް ތައާރަފުކޮށްފި އެވެ.ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަސް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ހަފުލާގައި އެ ކޯޕަރޭޝަންގެ އާ ލޯގޯ އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ.މި ހަފުލާގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް އިން ކުރަމުންދާ މަސައްކަތްތަކާއި އެކި މަޝްރޫއުތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެ އެވެ. އަދި މިހާރު ފަށާފައިވާ ހައުސިން ޔުނިޓުތަކުގެ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ނިންމުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ކުންފުނީގެ ފަރާތުން ހިއްސާކޮށްފައިވެ އެވެ.ޙަފުލާގައި ނައިބު ރައީސް ވަނީ އެފްޑީސީގެ "ކޮލިޓީ އެޝުއަރަންސް އެވޯޑު" ހާސިލުކުރި ފަރާތަށާއި "އައުޓްސްޓޭންޑިން ކޮންޓްރިބިއުޓަރ އެވޯޑު" ހާސިލުކުރި ފަރާތަށް އެވޯޑުތައް ވެސް ހަވާލުކޮށް ދެއްވައިފައެވެ. އަދި އަހަރުގެ އެންމެ ރަނގަޅު މުވައްޒަފަށް ދޭ "އެމްޕްލޯއީ އޮފް ދަ އިޔަ އެވޯޑު" ވެސް ދީފައިވެ އެވެ.ސަރުކާރު 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއްގެ ގޮތުުގައި އެފްޑީސީ އުފެއްދީ މާޗް 12، 2019 ގަ އެވެ. ކުންފުނީގެ މައިގަނޑު މައިގަނޑު މަގުސަދަކީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅުން ހުރި މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ