ކުރިއަށް އޮތް ތިން ދުވަހު ކަނޑު ގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ކުރިއަށް އޮތް ތިން ދުވަހު ކަނޑު ގަދަވެ ރާއްޖޭގެ މޫސުން ވަރަށް ގޯސް ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުން ލަފާކުރެވޭ ގޮތް ހާމަކޮށް، މެޓް އޮފީހުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް ބެލެވެނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެ ހުރަސްކޮށް އަރަބި ކަނޑަށް ޖެހެމުންދާތީ ކަމަށެވެ.
މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ އެ ކަމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެ އެވެ.
“ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ، ވީމާ މޫސުމަށް ސަމާލުވުން އެދެން،” މެޓް އޮޮފީހުން ބުންޏެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިދިޔަ ހަފުތާގައި ވެސް ވަނީ ވަރަށް ބޮޑަށް މޫސުން ގޯސްވެފައެވެ. އެގޮތުން މާލެއަށް ކުރި ވިއްސާރައިގައި މަގުތައް ފެންބޮޑުވެ 164 ގެއަކަށް ފެންގަނޑު ވަނުމުގެ ސަބަބުން ވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އަށް ރިޕޯޓުކޮށްފައެވެ.
މާލޭގެ އިތުރުންވިއްސާރައިގައި ގެއްލުން ލިބިގެން ވަނީ ފ. ނިލަންދޫ އާއި ކ. ގުރައިދޫ އާއި ލ. ގަމާއި ފޮނަދޫ އަދި ސ. މަރަދޫން ވެސް ރިޕޯޓު ކޮށްފައެވެ. އޭގެ ތެރެއިން ގުރައިދޫގެ 20 ގެއަކަށް ފެންވަދެފައިވާއިރު، ބެންވޮޑުވުމުގެ ސަބަބުން ތިން ގެއަކުން މީހުން އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް އެންޑީއެމްއޭން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ