ވަކިކުރި ސްޓޭޓް މިނިސްޓަރަށް އަލުން މަގާމް ދީފި

ޓޫރިޒަމް މިނިސްޓްރީގައި 11 ޑެޕިއުޓީ މިނިސްޓަރުންނާއި ތިން ސްޓޭޓް މިނިސްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ނުވަ ބޭފުޅަކީ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ދެ ބޭފުޅަކު ހުންނަވަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މި ސަރުކާރުން އައްޔަންކޮށް މަގާމުން ވަކިކުރެއްވި ޏ. ފުވައްމުލަކު މިސްކިތްމަގު, މާވޭދު، މުންއިމް އަނީސް އަނެއްކާވެސް އެ މަގާމަށް އަލުން އަައްޔަން ކުރައްވައިފި އެވެ. 
މުންއިމް އަނީސް ފުރަތަމަ އައްޔަން ކުރީ މިދިޔަ ނޮވެމްބަރު މަހު 21 ގައެވެ. ނަމަވެސް އޭގެ އެއް ދުވަސް ފަހުން  ނޮވެމްބަރު 23 ގައި ވަކިކުރި އެވެ. އޭރު އޭނަ މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އަލުން އޭނާއަށް ސްޓޭޓް މިނިސްޓަރުކަން ދިން ތާރީހެއް ވެސް ރައީސް އޮފީހަކުން ނުބުނެ އެވެ. އެކަން ހާމަ ކުރީ ޓޫރިޒަމް މިނިސްޓަރީން އެކްސްގަ އެވެ. ޓޫރިޒަމް މިނިސްޓްރީގައި 11 ޑެޕިއުޓީ މިނިސްޓަރުންނާއި ތިން ސްޓޭޓް މިނިސްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ނުވަ ބޭފުޅަކީ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ދެ ބޭފުޅަކު ހުންނަވަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ