ރޭސިން އަދި ޑްރިފްޓުކުރުމަށް ހާއްސަ އެރީނާއެއް ހުޅުމާލޭގައި ޤާއިމުކުރުމަށް ސޮއިކޮށްފި

ރޭސިން އަދި ޑްރިފްޓުކުރުމަށް ހާއްސަ އެރީނާއެއް ހުޅުމާލޭގައި ޤާއިމުކުރުމަށް ހުޅުމާލޭ ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުޅިވަރާ ބެހޭ ވުޒާރާއިން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރ ފަޒުލް ރަޝީދެވެ. ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަބްދުﷲ ރާފިއުއެވެ. މި އެއްބަސްބުމުގައި ސޮއި ކުރުމަށްފަހު ވަޒީރު ވިދާޅުވީ ކުޅިވަރު ކުރިއެރުމަށް ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައެވެ.
މިރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރ ފަޒަލް ރަޝީދު ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރާނީ ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރަން ކަމަށާއި އެއްބަސްވުމުގެ ދަށުން މިނިސްޓްރީގެ އިތުރުން ދެ އެސޯސިއޭޝަނާއެކު ވެސް މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.
މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މޮޓޯރ ސްޕޯރޓްސްއަށް އެކަށޭނެ ސަރަހައްދެއް ތަރައްގީކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ